ވިޔަފާރި

ގެސްޓްހައުސް އިންޕެކްޓްކުރަން ކައުންސިލްތަކަށް ތަމްރީން ދޭން ފަށައިފި

Dec 7, 2019
1

ރަށްރަށުގައި ހުރި، ގެސްޓްހައުސްތައް އިންޕެކްޓްކުރުމުގެ ތަމްރީންތައް 152 ކައުންސިލާއެކު ޓޫރިޒަމް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިސް ނަގައިގެން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމް ފައްޓަވައި ދެއްވީ ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި ހިސާބުތަކުން 152 ކައުންސިލަކުން ބައިވެރިވެފައިވެ އެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ޓޫރިޒަމް މިނިސްޓްރީން ކުރިން ކުރަމުން ގެންދިޔަ އިންސްޕެކްޓް ކުރުމުގެ މަސައްކަތް ލާމަރުކަޒުކޮށް ކައުންސިލްތަކަށް ހަވާލު ކުރަން، ބޭނުންވާ ފަންނީ މީހުން ތަމްރީން ކުރުމެވެ.

މި މަސައްކަތް ފެށުމާ ބެހޭ ގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރު އަލީ ވަހީދު ވިދާޅެފައިވާ ގޮތުގައި މި ތަމްރީން ތަކަށްފަހު، ޓޫރިސްޓުން ތިބޭ ތަންތަން ރަޖިސްޓްރީ ކުރުމާއި ރަޖިސްޓްރީއާ ކުރަން ހަދާ އިންސްޕެކްޝަންގެ މަސައްކަތް ކައުންސިލް ތަކަށް ހަވާލު ކުރާނެ ކަމަށެވެ. މި އިންސްޕެކްޝަންތައް ހެދުމަށްފަހު، ދެން ހުރި ބައިތައް ބަލަހައްޓާނީ ޓޫރިޒަމް މިނިސްޓްރީން ކަމަށެވެ.

"މިނިސްޓްރީން އިންސްޕެކްޝަން ރިޕޯޓުތައް ބަލައިގަނެ، ހުއްދަ ދިނުމުގެ މަސައްކަތް ކުރެވޭނެ. މިކަން ކުރިނަމަވެސް، ސަލާމަތާއި ރައްކާތެރިކަމަށް ރައީސްގެ އިސް ނެގުމަށް ފެށި އޮޑިޓް އިޔާލީކޮށް ކުރި އަށް ދާނެ،" އަލީ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދޭން ނިންމާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާ ގޮތުގައި 500 އަށްވުރެ ގެސްޓްހައުސް ރާއްޖޭގައި ހިންގަ އެވެ. އަދި މި ވިޔަފާރި ދަނީ ފުޅާވަމުންނެވެ.