ވިޔަފާރި

ދިވެހިންނަށް އިސްކަންދޭ ރިސޯޓުތަކަށް ޓެކުހުގެ ލުއި ދޭންް ޖެހޭ: މިނިސްޓަރު

Jun 23, 2020
4

ޓޫރިޒަމް އިންޑަސްޓްރީގައި ދިވެހިންނަށް އިސްކަަން ދޭ ކުންފުނިތަކަށް ޓެކުހުގެ ލުއި ދޭންޖެހޭ ކަމަށްް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅު ވެއްޖެ އެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ 60 ޕަސެންޓަށް ވުރެ ގިނަ އިން ދިވެހިން ގެންގުޅޭ ރިސޯޓުތައް ވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި ގާނޫނުގެ ތެރެއިން ޓެކުހުގެ ލުއި ތަކެއް މިފަދަ ތަންތަނަށް ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ދުރު ރާސްތާ ޕްލޭނެއް އެބައޮތް. އުއްމީދު ކުރަނީ ދިވެހިންނަށް އިސްކަންދޭ ތަންތަނަށް ޓެކްސް އިންސެންޓިވްސް އަންނަން ތަކެއް ގެނައުން،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގަދަކަމުން ކަންކަން އިސްލާހު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މީހުން އިިސްލާހު ވާންވީ ނުވަަތަ ހެޔޮ ބަދަލުތައް ގެންނަން ޖެހޭނީ ލޯބި ދީގެން،" އަލީ ވިދާޅުވި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހަދާފައިވާ "އެމްޕޮއިމަންޓް އިން ޓޫރިސްޓް ރިސޯޓް ސާވޭ 2019" އިން ދެއްކި ގޮތުގައި ޓޫރިޒަމް ސިނާއަތުގައި މިދިޔަ އަހަރާހަމަ އަށް ޖުމްލަ 44،957 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ އެވެ. މީގެ ތެރޭގައި ހިމެނެނީ 21،322 ދިވެހިންނާއި 32،622 ބިދޭސީންނެވެ.