ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޔޫއެންޑަބްލިއުޓީއޯ ޕެނަލިސްޓުންގެ ތެރޭގައި މިނިސްޓަރު އަލީ ވަހީދު

May 25, 2020
2

ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ، ޔޫއެންޑަބްލިއުޓީއޯ އިން ކޮވިޑް-19 އާ ގުޅިގެން ބާއްވާ ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމަނައިފި އެވެ.

ޔޫއެންޑަބްލިއުޓީއޯ އިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ޓޫރިޒަމް ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ބާއްވާ އޮންލައިންކޮށް ބާއްވާ މި ޕެނަލް ޑިސްކަޝަން އޮންނާނީ ރާއްޖެ ގަޑިން މިއަދު 3:00 ޖަހާއިރު އެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ ގިނަ ފަރާތްތަކާއި މި ސިނާއަތުގެ މާހިރުން ވެސް ބައިވެރިވާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ޓޫރިޒަމްގެ 70 ޕަސެންޓަށް ގެއްލުންވެފައިވާ ކަމަށް ޔޫއެންޑަބްލިއުޓީއޯ އިން ވަނީ ބުނެފަ އެވެ. މިގޮތުން ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު ގެއްލުމެއްވާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ މައި އެއާޕޯޓް ބަންދު ކުރުމުން ޓޫރިޒަމް ހަރަކާތްތައް އެއްކޮށް ވަނީ ހުއްޓިފަ އެވެ. ނަމަވެސް ޖުލައި މަހު ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.