ހަބަރު

ބޭރުގެ މުބާރާތެއްގެ ވީޑިއޯ ކަވަރޭޖް ހެދުމުގައި ދިވެހިން!

Dec 7, 2019

އަވަށްޓެރި ސްރީލަންކާގައި ބާއްވާ ސާފިން މުބާރާތެއްގެ ވީޑިއޯ ކަވަރޭޖް ހެދުމުގެ މަސައްކަތާ ރާއްޖޭގެ ޕްރޮޑަކްޝަނެއް ކަމަށްވާ "ސްލޯ ޓޭޕް"އިން ހަވާލުވެއްޖެ އެވެ.

މޫދު ކުޅިވަރުގެ ވީޑިއޯ އާއި ފޮޓޯ ނެގުމުގައި މުޅި ރާއްޖޭގެ މަގުބޫލުކަން ހޯދާފައިވާ "ސްލޯ ޓޭޕް"އިން މިހާރު ވީޑިއޯ ކަވަރޭޖް ހަދަމުންދާ މުބާރާތުގައި 15 ގައުމަކުން 96 އެތުލީޓަކު ބައިވެރިވެ އެވެ.

މި މުބާރާތަކީ ރެޑްބުލްއާ ގުޅިގެން "ރެޑްބުލް، ރައިޑް މައި ވޭވް"ގެ ނަމުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

މިއަދު ފެށި މި މުބާރާތުގައި "ސްލޯ ޓޭޕް" މަސައްކަތް ކުރަމުންދާއިރު މި އަހަރު ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފް ކުރުމަށް ބޭއްވި އިވެންޓްގެ ވީޑިއޯ އާއި ފޮޓޯ ކަވަރޭޖްގެ މަސައްކަތް ވެސް ކޮށްފައިވަނީ "ސްލޯ ޓޭޕް"އިންނެވެ.

އޭގެއިތުރުން ވެސް ރެޑްބުލްއިން ރާއްޖޭގައި ބާއްވާ ގިނަ އިވެންޓްތަކުގެ ވީޑިއޯ ކަވަރޭޖް "ސްލޯ ޓޭޕް"އިން ހަދާފައިވެ އެވެ.