ވިޔަފާރި

ވަޒީފާ އުފެއްދޭނެ ވިޔަފާރިތަކަށް ފަހި ސްކީމްތަކެއް ތައާރަފު ކުރާނެ: ނާއިބް ރައީސް

Aug 23, 2015

ދިވެހި ޒުވާނުން ނަށް ބޭނުންވާ ވަޒީފާގެ ފުރުސަތުތައް އުފެއްދޭނަމަ، ވިޔަފާރިތަކަށް ފަހި ސްކީމްތަކެއް ތައާރަފު ކުރެވިގެންދާނެ ކަމަށް ނައިބް ރައީސް އަހުމަދު އަދީބު މިރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ފައިނޭންސިން ފެސިލިޓީ "ފަސޭހަ މަދަދު" ތައާރަފު ކުރުމަށް ދަރުބާރު ގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް އަދީބު ވިދާޅުވީ ވިޔަފާރި އުފެއްދުމަށް ރާއްޖޭން ބޭރުން ދެތިން ދަނޑުވެރިންނާއި ފަހާ މީހުން ގެނެސްގެން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަހެއް ނުކުރެވޭނެ ކަމަށެވެ.

"ވިޔަފާރިއެއް ފައްޓަންޏާ ވަރަށް ރަނގަޅު އައިޑިޔާއެއް ލިބޭނެ ބަލާލަން ވީނޫންތޯ ރާއްޖޭން އިމްޕޯޓް މި ކުރަނީ ކޮން ބާވަތްތަކެއް ތޯ؟ އަޅުގަނޑުމެން ކުރިން ސްޓަޑީއެއް ހެދިން،" ނައިބް ރައީސް ވިދާޅުވި އެވެ

"ދިވެހި ބިލެއް ނުއުފައްދާނަމަ 22 މިލިއަން ރުފިޔާ ޑޮލަރަށް ހަދައިގެން ބިލެއް އެތެރެ ކުރަން ޖެހޭނެ. އެހެންވެ މިގޮތަށް އިމްޕޯޓްކުރާ ކޮންމެ އެއްޗަކީވެސް އަޅުގަނޑުމެންނަށް ކޮންމެވެސް އެއްޗެއް އުފެއްދިދާނެ ނޫނީ އޭގެ ބަދަލުގައި ކޮންމެވެސް އެއްޗެއް ތައާރަފު ކުރެވިދާނެ."

ނައިބް ރައީސް ވިދާޅުވީ މިދިޔަ އަހަރުވެސް އެއް ބިލިއަން ޑޮލަރަށްވުރެ މަތިން ވިޔަފާރިކުރެވިފައިވާ ކަމަށެވެ.

"ދިވެހި ވިޔަފާރިވެރިން އުފައްދަން އަޅުގަނޑުމެން އިސްކަންދޭއިރު، ދިވެހި ޒުވާނުންނަށް ވަޒީފާ އުފެއްދުމަށް އިސްކަން ދޭން ޖެހޭ. އެހެންވެ އެ ކުރާ ވިޔަފާރިން ކިހާވަރެއްގެ ޕްރެޝަރެއްތޯ ޑޮލަރަށް ލިބެނީ މިއީވެސް ވިސްނާލަން ޖެހޭ ކަމެއް،" އަދީބު ވިދާޅުވި އެވެ.