ވިޔަފާރި

ގައުމީ ބޭންކު ދެމި އޮންނާނީ ދިވެހި ވިޔަފާރިތަކަށް އެހީވުމުގައި: ސީއީއޯ ހީލީ

Aug 24, 2015

ދިވެހި ވިޔަފާރިތަކަށް އެހީވުމުގައި ގައުމީ ބޭންކު އަބަދުވެސް ދެމި އޮންނާނެ ކަމަށް ސީއީއޯ އެންޑްރޫ ހީލީ ރޭ ވިދާޅުވެއްޖެ އެވެ.

"ފަސޭހަ މަދަދު" ފައިނޭންޝަލް ފެސިލިޓީ ތައާރަފު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މި ފައިނޭންސް ފެސިލިޓީ ދޫކުރާ ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ހީލީ ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ފައިދާހުރި ހިދުމަތްތަކެއް ކޮށްދީ، ދިވެހި ވިޔަފާރިތަކަށް މަދަދުވުމުގައި ކަމަށެވެ.

"މިދަނީ ވިޔަފާރިވެރިންނަށް އެހީވަމުން. މީގެ ހެއްޔެއް ވޭތުވެދިޔަ އަހަރު އަޅުގަނޑުމެން ދޫކުރި ލޯނުގެ އަދަދު މިވަނީ ދެ ގުނަ އިތުރުވެފަ،" ހީލީ ވިދާޅުވި އެވެ.

އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީބީ) އާއި އޭޝިޔަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ބީއެމްއެލްގެ އިސްލާމިކް ގުޅިގެން ރާއްޖޭގައި މުޅިން އަލަށް މި ދޫކުރަން ފެށި "ފަސޭހަ މަދަދު" ސްކީމުގެ ދަށުން 30 މިލިއަން ރުފިޔާ ދޫކުރާނެ އެވެ.

ބޭންކްގެ ސީއީއޯ ހީލީ ވިދާޅުވީ ވޭތުވެދިޔަ އަހަރު ދެ ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ލޯނުތައް މި ދޫކުރީ ރާއްޖޭގެ ވިޔަފާރިތައް އުފެއްދުމަށާއި ވިޔަފާރިފުޅާކޮށް ތަރައްގީ ކުރުމަށް. މީގެ އިތުރުން ދިވެހި އާއިލާތަކުގެ ކުދިންނަށް ތައުލީމު ދިނުމަށްވެސް ލޯނު ދޫކުރެވިފައިވާނެ،" ހީލީ ވިދާޅުވި އެވެ.

ގައުމީ ބޭންކުން ވަނީ ހިދުމަތް ފުޅާކުރުމުގެ ގޮތުން 99 އަތޮޅެއްގައި އެ ބޭންކުގެ 27 ބްރާންޗެއް މިހާރު ހުޅުވާފައިވެ އެވެ. މީގެ އިތުރުން 68 އަށްވުރެގިނަ އޭޓީއެމް ވެސް ބަހައްޓާފައިވެ އެވެ.