ހަބަރު

މާލޭގައި ޕާކް ކުރާނެ އިތުރު ޖާގައެއް ނެތް: މޭޔަރު

Dec 9, 2019
2

މާލޭގައި ޕާކް ކުރާނެ އިތުރު ޖާގައެއް ނެތް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ މިއަދު ކުރެއްވި ޓުވީޓެއްފައި ވިދާޅުވީ މާލެއަށް އެތެރެވާ ވެހިކަލްތަކަށް ހުރިހާ މުއައްސަސާތައް ގުޅިގެން ހައްލެއް ހޯދަން ޖެހޭ ކަމަށާއި ގޯޅިތައް ފުރިފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ނިންމުން ވަރަށް ސާފު ކަމަށާއި މާލޭގައި ޕާކް ކުރާނެ އިތުރު ޖާގައެއް ނެތް ކަމަށް ޝިފާ ވިދާޅުވި އެވެ.

މޭޔަރު މިހެން ވިދާޅުވިއިރު މާލެ އެތެރެވާ ވެހިކަލް ލިމިޓު ކުރުމަށާއި ގިނަ ދުވަސްވީ ވެހިކަލްތައް ނައްތާލުމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ. އަދި އެކަންކޮށްދިނުމަށް އެދި ކައުންސިލުން ވަނީ ކަމާ ބެހޭ އިދާރާތަކަށް އެ ނިންމުން ފޮނުވައި ފިޔަަވަޅު އަޅައި ދިނުމަށް އެދިފަ އެވެ. ނަމަވެސް މިހާތަނަށް އެފަދަ ނިންމުމެއް ނިންމާފައެއް ނެތެވެ.

ޝިފާ ކުރެއްވި ޓުވީޓް

މާލޭގައި ޕާކިން މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން މާލޭގެ ގިނަ ހުސް ބިންތަކުގައި ޕާކިން ޒޯންތަކެއް ވަނީ ހަދައިފަ އެވެ. ޓްރާންސްޕޯޓުން ބުނެފައި ވަނީ މި އަހަރުގެ ނިޔަލަށް މާލޭގައި 1000 އާއި 400 ދެމެދުގެ އަދަދަކަށް ސައިކަލު ޕާކު ކުރާނެ ޖާގަ ހަދައިދިނުމަށް ނިންމާފައިވާ ކަމަށާއި އަދި 100 ކާރު ޕާކު ކުރެވޭނެ ޖާގަ ވެސް ހެދުމަށް ނިންމާފައިވާ ކަމަށެވެ.