ޝިފާ މުހައްމަދު

ބުޅާ ފެސިލިޓީއަކީ ކުރީ ދައުރުގެ ކަމެއް: ޝިފާ

މާލޭގެ ކުރީގެ މޭޔަރު ޝިފާ އަދި މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
0%
0%
0%

މާލޭގައި ބުޅާ ގިނަވެ އެކަމުގެ އުނދަގޫ ބޮޑުވެފައިވާތީ އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ހުޅުމާލޭގައި ބުޅަލަށް ހާއްސަ ފެސިލިޓީއެއްގައި ހަދަން ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަަމަވެސް އެއީ ކުރީ ދައުރުގައި ނިންމާ މަސައްކަތް ފަށާފައި އޮތް ކަމެއް ކަމަށް ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެތެރޭގައި ބުޅާ ގިނަވެ އެކަމުގެ ސަބަބުން އެތައް ބަޔަކަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާ އެއީ ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ މާލެތެރޭގައި އުޅޭ ބުޅާތަކަށް ވެސް އަޅާލުމާއި ރައްކާތެރިކަން ދޭން ޖެހޭ ކަމަށާ އެހެން ކަމުން ބުޅަލުގެ މައްސަލަ ހައްލު ކުރަން ހާއްސަ މަސައްކަތްތަކެއް މިއަދު ފަށާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެ މައްސަަލަ ހައްލު ކުރަން ކުރެވޭ މަސައްކަތުގައި ތަަޖުރިބާކާރުން އެހީތެރިކަން ހޯދާނެ ކަމަށާ އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ ގާނޫނީ އިމުގެ ތެެރެއިން ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލުން ދެކެނީ އެއީ ވެސް އަޅައިލަން ޖެހޭ ރައްކާތެރިކަން ލިބެންޖެހޭ ޖަނަވާރެއް ކަމަށް. އެހެންވީމަ ބުޅާތަކާމެދު އިންސާނިއްޔަތު ކަމާއެކު ކަންތައްތައް ކުރެވޭނެ ގޮތްތައް ހޯދާ ކަމާބެހޭ މާހިރުންގެ ލަފަޔާއެކުގައި ހެދިފައި ހުރި ގާނޫނުތަކުގެ އިމުގެ ތެރެއިން މާލެ ސިޓީގެ ތެރޭގައި އާންމުންނަށް މިހާރު މި އުނދަގޫވާ ގޮތަށް އޮތް މައްސަލައަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަަސައްކަތެއް ކުރަން ވަނީ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބުޅާ ދެކެ ލޯބިވާ ބުޅަލަށް ޝައުގުވެރިވާ މީހުންގެ ހިތްތައް މަރާ ނުލާ އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ. އެ ގޮތުން އެޗްޑީސީއާ މަޝްވަރާކޮށް ބުޅާތަކަށް ހާއްސަ ފެސިލިޓީއެއް ގާއިމު ކުރަން މަަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޝިފާ ވަނީ އެ ފެސިލިޓީ ހަދަން ނިންމީ ކުރީ ދައުރުގައި ކަމަށާ އެ ޕްރޮޖެކްޓް އެޗްޑީސީއާވެސް ހަވާލުކޮށްފައިވާ ކަމަށެވެ.

"މާތްކަލާކޯ، ތިޔަ ނިންމުން ނިންމާފައި ޕްރޮޖެކްޓް އެވަނީ އެޗްޑީސީ އާއި އެކު ހެދިފައި. ޖާގަވެސް ލިބިފައިވަނީ. މަސައްކަތް ފަށަންވީ އަވަހަށް،" ޝިފާގެ ޓްވީޓްގައި ވިދާޅުވިއެވެ.

މާލޭގައި ބުޅަލުގެ ބޮޑު އާބާދީއެއް އެބައޮތެވެ. މާލޭގެ މަގުމައްޗަށް ކޮންމެ ވަގުތެއްގައި ނުކުތަސް ކޮންމެވެސް އެއް ދިމާއަކުން ބުޅަލެއް ނޫނީ ބުޅާތަކެއް ފެންނާނެ އެވެ. ވިލިމާލޭގައި ވެސް ހުޅުމާލޭގައި ވެސް ބުޅާ ގިނަ އެވެ. މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ފަދަ ހުސް ބިންތަކުގައި ވަރަށް ގިނައިން ބުޅާ އުޅެއެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އައިޝާ

ބުޅާ ފެސިލިޓީ އާއެޗިހި ހުޅުވާ. އެކިމަކު ކްލިނިކް އެއްނެން. ހުއްދަ ހޯދިޔަސް ނުލިބޭ. ކިއްތަ ކުދަން ޖަނަވާރުންގެ ޑޮކްޓަރުން ކަންކިޔަވައިގެން ތިބީ؟

ޢައިމިނަ

ވިލިމާލެގަ އުޅޭބުޅާތަށް ގެންދާތި

ރަދީފް

ބުޅާ ޝިފާ.

ސަޑުހަސަނު

މުޢިއްޒުވެސް ތިކަން ކޮށްފިއްޔާ ރަނގަޅު. ބޭނުންވަނީ ކަންކަން ތަންފީޒުކު ރުމުގެ ގާބިލްކަން ހު ރިމީހުން. ޗޮކްންދިޔަމޭޔަ ރު ދެން ކޮންމެހެން ކަންކަމުގެ ކު ރެޑިޓް ނަގަން މިހާ ރު މަސައްކަތް ކު ރުމުގެ ބޭނުމެއްނެތް.

ޙަބީބު.

ބުޅާ މާގިނަވާނަމަ އެއްގޮތަކީ ދޫނިދޫއައް ގެންގޮސް ބަޑިޖަހާ އެއްފަހަރުން މަރާލުން އެއީ ބުޅަލައްވެސް ކުދިއަނިޔާ ދިނުމަަކީ މަނާކޮއްފަވާ ކަމަކައްވާތީ ބުޅަލަކައް ކާންނުދީ މަރާފަވާ އަންހެނަކައް ސުވަރުގެ ނުވަދެވި ވަނިކޮއް ނަބިއްޔާ އައްވަނީ ފެނިވަޑައިން ނަވާފަ

ހަސަނުގ

ކަމެއް ކުރަން ވަށާއިރަށް އެވަނީ ކުރީގަ ހިތުލައިގެން ހުރި ކަމަކަށް. ކެކެ. ހިތުލައިގެން ހުއްޓަސް ކަމެއް ނުވާނޭބަލަ.

20000

ދެން ކިޔާ އަބަދު އެހެން....... އެއްވެސް ކަމެއް ނުކޮށްފައި. ތިޔައީ އަނގައެއް. ޔާމީން އިރު ކީ ބާރެއް ނެތޭ. އެމްޑީ ޕީ ވެރިކަމެއް އާއިމާ ކީ ވަގުތެއްނެތޭ. ހަމަ އިގުރައިދޫ ހަސަނަށް ރީނދޫ އަބަދުވެސް ފެންނާނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345