ޝިފާ މުހައްމަދު

ޝިފާގެ ތައުރީފް މުއިއްޒަށް

ވިލިމާލެ ކޮމިއުނިޓީ ގާޑްން: މި ތަން ވަރަށް ފުރިހަމަކަަމަށް މާލޭގެ ކުރީގެ މޭޔަރު ޝިފާ ވިދާޅުވި--
66.7%
16.7%
16.7%

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ހެދި "ވިލިމާލެ ކޮމިއުނިޓީ ގާޑްން" ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން މަސައްކަތް ފެށި އެ ކޮމިއުނީޓީ ބަގީޗާގައި އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އަދި މާމެލާމެލީގެ ގަސްތައް ހުރެ އެވެ. އެ ބަގީޗާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ބަގީޗާ ވަރަށް ރީތި ކަމަށެވެ.

އެ ބަގީޗާގައި ހުންނަ 30 ގޮޅި އާންމުންނަށް ދޫކޮށްފައިވާ އިރު ގޮޅިއެއް ދޫކޮށްފައި ވަނީ 700 އެއްހާ ރުފިޔާ އަށެވެ. ނަމަވެސް ފަން ބިލާއި ކުއްޔާ އެއްކޮށްލުމުން 1000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއްދާ ކަމަށް އެ ގޮޅީގެ ވެރިފަރާތްތަކުން ބުނެ އެވެ.

ކުލި ބޮޑު ކަމަށް ކުރީގެ މޭޔަރު ޝިފާވެސް އެއްބަސްވެލައްވަ އެވެ.

"ކުލި ކުޑަކުރެވޭނެ ކައުންސިލްއަށް. މިއަދު [ބަގީޗާ] ފެންނަނީ ވަރަށް ނަލަކޮށް. މި ޕްރޮޖެކްޓް ހުއްޓާ ނުލާ ކުރިއަށް ގެންދިޔަ ކަަމަށް ޓަކައި ޝުކުރު ދަންނަވަން" މާލޭގެ މިހާރުގެ މޭޔަރު މުއިއްޒު ޓެގު ކުރައްވައި ވިދާޅުވި އެވެ.

ފަހުން ޝިފާގެ ޓުވީޓު މާލޭ ސިޓީ ކައުންސިލްއިންނާއި މުއިއްޒުގެ އެކައުންޓުން ވެސް ރީ ޓުވީޓުކޮށްފައި ވެއެވެ.

ކޮމިއުނިޓީ ގާޑަންތަކެއް މާލޭ ސިޓީ ކައުންސިލްއިން ހެދީ ކޮވިޑްގެ ހާލަތުގައި އާމްދާނީ އިތުރުކުރެވޭނެ ގޮތްތަކެއް މަގުފަހި ކޮށްދިނުމުގެ ގޮތުން ނެވެ. އަދި މި ތަން ދޫކުރީ ވިލިމާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރޫހް

ދެ ވާދަ ވެރިން ވެސް މި ކަހަލަ ކަންކަމުގަ ތާއީދު ކޮށް ހެދުމަކީ ވ ރީތި ގޮތެއް! ވ ހިއުމޭން ގޮތެއް!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345