މާލޭ ސިޓީ ކައުންސިލް

މައިޒާންތައް ނުބަލަހައްޓާތީ ފާޑު ކިޔައިފި

Jan 19, 2021
3
ޑރ. މުހައްމަދު މުއިއްޒު: މާލޭގެ މައިޒާންތައް ވީރާނާވަމުންދާތީ ފާޑު ވިދާޅުވި -- ފޮޓޯ: އަވަސް
0%
0%
0%

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތް އިރު މާލޭގައި ތަރައްގީ ކުރި މައިޒާންތަކާއި ޕާކުތައް މިހާރުގެ ރަނގަޅަށް ބަލަހައްޓަމުން ނުދާތީ އެ މަސައްކަތްތައް ކުރެއްވެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެ އެވެ،

މާލޭގެ ހިތްތަން މައިޒާންގެ ފޮޓޯތަކެއް ޓްވީޓް ކުރެއްވުމަށް ފަހު، މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މުއިއްޒު ވިދާޅުވީ އެ މައިޒާންގެ އުނދޯލިގޭގެ ފަންތައް ވީރާނާވެގެން ފައިބާފައިވާ ކަމަށާއި އެތަން ފެންނަ ލޮލެއް މާލޭ ސިޓީ ކައުންސިލްގައި ނޫނީ ސަރުކާރުގައި ހުރިހެން ހީނުވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މާލެ ތެރޭގައި ހަދާފައިވާ ޕާކުތަކާއި މައިޒާންތައް ބެލެެހެއްޓުމަށް ކުރީ ސަރުކާރުން ދިން ސަމާލުކަން އަނެއްކާ ވެސް އަނބުރާ އިއާދަ ކުރަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މާލޭގައި ގިނަ ޕާކްތަކެއް ތަރައްގީ ކުރި އެވެ. ނަމަވެސް އެފަދަ ހުރިހާ ތަނެއް މިހާރު ވަނީ ވީރާނާވާން ދޫކޮށްލާފަ އެވެ. އެކަން ކަމާ އާންމުން ފާޑުކިޔައި ހެދި ނަމަވެސް ސަރުކާރާއި ސިޓީ ކައުންސިލު ސަމާލު ކަމެއް ނުދެ އެވެ. ނަމަވެސް މި ސަރުކާރުގައި ފެންވަރު ރަނގަޅުކޮށް ތަރައްގީކޮށްފައިވާ ހެންވޭރު ޕާކް ވަރަށް ރަނގަޅަށް ބަލަހައްޓާ ހަދަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަރޭ

ތިހިންބުނާއިރު ކަލޭމެންގެވެރިކަމުގައިހެދި ރަސްފަންނާއި، ސުނާމީބިނާ ބަހައްޓާފައިވާ ސަރަހައްދުގައި ހެދި ތަންތަނުގެ އެކިބައިބަޔާއި ތަކެތި ކަލޭމެންގެވެރިކަން ނިމުނުއިރުވެސްހުރީ ހަލާކުވެ، ބޭނުންނުކުރެވޭވަރުގަ. ހެދިފަހުން މަރާމާތެއްނުކުރޭ. މޭޔަރުކަމަށް ކެންޕޭނުކުރުއްވަވަން ތަންތަން ހެދުމާއި، ހަލާކުވުމާއި، ދެފަހަރު ތިންފަހަރަށް ހެދުމުގެވާހަކައާއި ހެދިތަންތަނުން މީހުނަށްލިބޭ އަނިޔާއާއި ގެއްލުމުގެވާހަކަ ނުދައްކަވައި އެހެންވާހަކައެއްދައްކަވާ!

ކަދީދާ

ހިލޭ ސާބަހައް ދާންވީ ނޫންތޯ

ގަމަރޭ

ތަނެއް ހަދާފަ ދިނަސް މިމީހުންނަކައް ނުވާނެ ގޮތެއް ފޮތެއްނެއް ސަރުކާރެއް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345