މާލޭ ސިޓީ ކައުންސިލް

އިންތިގާލީ މަރުހަލާއާ ގުޅޭގޮތުން މަޝްވަރާކޮށްފި

Apr 25, 2021
މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އާއި އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވަނީ --
50%
50%
0%

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އާއި އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައިފި އެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރު ޝިފާ މުހައްމަދުއާ މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. މި ބައްދަލުވުމުގައި އިންތިގާލީ މަރުހަލާއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ. އަދި އިންތިގާލީ މަރުހަލާގެ ކަންކަން މި ފެށޭ ހަފްތާގައި ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޑރ މުހައްމަދު މުއިއްޒު އިންތިހާބުވެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ބަލި ކުރުމަށް ފަހު އެވެ. އަނަސްއަށް އެމްޑީޕީގެ ޓިކެޓް ލިބިފައިވަނީ ޝިފާ ބަލިކުރުމުންނެވެ. މުއިއްޒުއަކީ މާލޭގެ ފުރަތަމަ މޭޔަރެވެ.

އާ ކައުންސިލަރުން ހުވާ ކުރުން އީދު ބަންދަށް ފަހު ކުރިއަށް ގެންދަން އެލްޖީއޭއިން ވަނީ ނިންމާފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345