ހަބަރު

މޫދަށް ގޮސް އުޅުނު އެމެރިކާ ޓޫރިސްޓަކު ވެސް މަރުވެއްޖެ

Dec 9, 2019

އަނެއްކާވެސް މޫދަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ އެވެ. މިއަދު މަރުވެފައިވަނީ އެމެރިކާ ފިރިހެނެކެވެ.

އޭނާ މަރުވެފައި އޮތްވާ ފެނުނީ ޕާކް ހޭޓް މޯލްޑިވްސް ހަނޑަހާ ރިސޯޓުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

މަރުވި ފަތުރުވެރިޔާއަކީ އުމުރުން 62 އަހަރުގެ މީހެކެވެ.

އެމީހާ މިހާރު ވަނީ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި އެކަމުގައި ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

އެމެރިކާ މީހަކު މިއަދު މަރުވިއިރު މިއަދު ވަނީ ޗައިނާގެ ފަތުރުވެރިޔަކު ވެސް މަރުވެފަ އެވެ. އޭނާ ވެސް މަރުވީ މޫދަށް ގޮސް އުޅެނިކޮށެވެ. ފިހާޅޮހި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ 62 އަހަރުގެ ޗައިނާ ފިރިހެން މީހާ މަރުވީ މިއަދު ހެނދުނު އެވެ.