ސިހުރު ހަދަން ގެންގުޅޭ ފޮތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ނަގައިފި އެވެ.
ފުލުހުން މިއަދު ބުނީ، މި ފޮތްތައް ނަގާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ލ. ގަމުގެ މަތިމަރަދޫގެ ގެއަކުން ކަމަށެވެ. ކޯޓު އަމުރުގެ ދަށުން އެ ގެ ބަލާ ފާސްކޮށް ފުލުހުން ނެގި ފޮތްތަކަކީ ސިހުރު ހެދުމަށް ބޭނުންކުރާ ޒާތެއްގެ ފޮތްތަކެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އެއްްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.