ލައިފްސްޓައިލް

ކައިވެނީގެ ހަދިޔާއަކަށް ވެސް މަލުގެ ބަދަލުގައި ފިޔާ

އިންޑިޔާ މީހުންނަށް މި ދުވަސްވަރު އެންމެ ގިނައިން ރޮވެނީ ފިޔާ އަގުބޮޑުކަމުންނެވެ. އެ ގައުމުގައި ފިޔަޔަކީ ކެއްކުމުގައި ވަރަށް ގިނައިން ބޭނުންކުރާ އަދި އެއާނުލާ ކާ އެއްޗެތީގެ މީރު ރަހަ ނުލާ މުހިއްމު އެއްޗެކެވެ. ބެންގަލޫރޫގައި މިހާރު ފިޔާ ކިލޯއެއްގެ އަގު 200 އިންޑިއާ ރުފިޔާއަށް އަރާފައިވާއިރު ހައިދަރުއާބާދުގައި ފިޔާ ކިލޯއެއް އުޅެނީ 160 ރުޕީސް އަދި ވެސްޓް ބެންގާލްގައި 140 ރުޕީސް އަށެވެ.

ފިޔާގެ އަގުބޮޑުވެފައި މުހިއްމުކަން ކައިވެނީގެ ހަފުލާތަކަށް ދާ ބައެއް މީހުން ވެސް މިހާރު މާބޮނޑިއެއްގެ ބަދަލުގައި ގެންދަނީ ރީއްޗަށް ބަންދުކޮށްފައި ހުންނަ ފިޔައެވެ. ދާދިފަހުން ސޯޝަލް މީޑިއާގައި ވައިރަލްވީ ވީޑިއޯއެއްގައި ކައިވެނީގެ ޕާޓީއަކަށް ހަދިޔާއަކަށް ފިޔާ ހިފައިގެން ގޮސް އެ ހަވާލުކުރާ މަންޒަރު ވަނީ ފެނިފަ އެވެ. އަދި އިންޓަނެޓުގައި މިކަމާ ވަރަށް މަޖާ ޖޯކުތައް ވެސް ބައެއް މީހުން ޖަހާފައި ވެއެވެ.

ޝާހުލް އާއި ސަބްރީނާގެ އަލަތު ކައިވެނީގެ ޕާޓީގައި އެމީހުން ތިބީ މެހެމާނުންނާ ސަލާން ކުރާށެވެ. އިރުކޮޅަކުން އެތަނަށް އެމީހުންގެ ރައްޓެހިންތަކެއް އައެވެ. އެމީހުން ދިން ހަދިޔާއަކީ 2.5 ކިލޯގެ ފިޔައެވެ. މިއީ ޕާޓީއަށް ގޮސް ތިބި މީހުންނަށާއި ސޯޝަލް މީޑިއާއިން މި ވީޑިއޯ ބެލި މީހުންނަށް ވެސް ވަރަށް އާ އަދި މަޖާ ކަމަކަށެވެ.

މި ކައިވެނިގެ ހަފުލާ އިންތިޒާމުކުރި ޖީ. ޗިންތަން ބުނި ގޮތުގައި ކައިވެނިކުރި ފިރިހެންމީހާގެ އާއިލާއިން ރާވާފައި އޮތީ ފިޔާގައި ރައިޓާ ހަދާފައި މެހެމާނުންނަށް ކާން ދޭށެވެ. ނަމަވެސް ފިޔާ ނުލިބިގެން އެކަން ކުރެވޭ ގޮތް ނުވީ އެވެ.

ފިޔާގެ މުހިއްމުކަން ބޮޑުވެ މޮބައިލް ވިއްކާ ކުންފުންޏަކުން ވެސް މިހާރު ވަނީ ފޯނު ވިއްކަން ވަރަށް މޮޅު ގޮތެއް ހޯދާފަ އެވެ. އެ ފިހާރައިން ސްމާޓްފޯން ގަންނަ ކޮންމެ މީހަކަށް ހިލޭ ފިޔާކިލޯއެއް ދޭ ޕްރޮމޯޝަނެއް ފަށައިގެންނެވެ.