ވިޔަފާރި

އެމްޓީސީސީ ޕްރޮމޯޝަންގައި އަގު ހެޔޮކަން "ކަށަވަރު"

Dec 10, 2019
2

އެމްޓީސީސީ އިން ކޮންމެ އަހަރު ކުރިއަށް ގެންދާ "ކަށަވަރު" ޕްރޮމޯޝަންގެ ޔަގީން ކަމަކީ އަގު ހެޔޮވުމެވެ. އެހެންވެ މި ޕްރޮމޯޝަން މަސްވެރިން އަބަދު ވެސް އިންތިޒާރު ކުރެ އެވެ. މަސްވެރިންނާއި އޮޑިވެރިންގެ މެދުގައި މި ޕްރޮމޯޝަން މަގުބޫލުވެފައިވަނީ މުދަލުގެ އަގުހެޔޮކަން ކަށަވަރުން ވެސް ޔަގީންވާ ސޭލެއްގެ ގޮތުގަ އެވެ. މި އަހަރު ވެސް އެމްޓީސީއިން އަނެއްކާ ވެސް މިވަނީ ކަށަވަރު ޕްރޮމޯޝަން ފަށާފަ އެވެ.

އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި މިއަދު މި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެ ކުންފުނީގެ މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ އެވެ.

މި ޕްރޮމޯޝަން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރި އަށް ދާނެ އެވެ. މި މުއްދަތުގައި ހުރިހާ ސާމާނަކުން ވެސް ބޮޑު ޑިސްކައުންޓެއް ލިބެ އެވެ.

ޕްރޮމޯޝަންގެ ތެރޭގައި ސުޒުކީ އިންޖީނާއި ޔަންމާ އަދި ސުޒުކީ ސްޕެއާ ޕާޓްސްތަކުން ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ އިތުރުން އިންޑަސްޓްރިއަލް ގޭހާއި ޕީޕީ މެރިން ކޯޓިން އަދި އޮޑި ދޯނި ފަހަރަށް ބޭނުންވާ ތަފާތު ސާމާނު ވެސް މި ޕްރޮމޯޝަންގެ ތެރޭގައި އަގު ހެޔޮވާނެ އެވެ.

މި ޕްރޮމޯޝަންގެ އެންމެ ހާއްސަ އަނެއް ކަމަކީ ކޭޝްކޮށް، ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނަކަށްވުމެވެ. މި ޕްރޮމޯޝަންގައި ތަފާތު ކްރެޑިޓް ސްކީމް ތަކުން މުދާ ނަގާ ފަރާތްތަކަށް ބައިވެރިއެއް ނުވެ އެވެ. އެކަމަކު ލިބޭ ޔަގީން ކަމަކީ މުދަލުގެ އަގު ހެޔޮވާނެ ކަމުގެ ކަށަވަރުކަމެވެ.