ވިޔަފާރި

އެމްޓީސީސީއިން "ކަށަވަރު" ޕްރޮމޯޝަން ފަށައިފި

Dec 8, 2018

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސިސީ) އިން ކަށަވަރު ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

އިންޖީނަށް ހާއްސަކޮށް އެމްޓީސީސީއިން ކުރިއަށް ގެންދާ މި ޕްރޮމޯޝަން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

"ކަޑަވަރު ޕްރޮމޯޝަން" ފައްޓަވައި ދެއްވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް ވިދާޅުވީ މި ޕްރޮމޯޝަނަކީ އަހަރު ނިންމަށް ބާއްވާ ޕްރޮމޯޝަންގެ ބޭނުމަކީީ ސުޒުކީ އައުޓްބޯޑް އިންޖީން އަދި ޔަމަހާ އައުޓްބޯޑް އިންޖީން އަގު ހެޔޮކޮށް ވިއްކުން ކަމަށެވެ. މި ޕްރޮމޯޝަންގައި ހުރިހާ ސުޒުކީ އިންޖީން ތަކުން 5-16 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން މި ޕްރޮމޯޝަންގައި ސުޒުކީ މެއިންޓަނެންސް ކިޓޫގެ 38 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ ކަމަށެވެ.

އެމްޓީސީސީއިން ދަނީ ރާއްޖޭގައި ޔަމަހާ އިންޖީނާއި ސުޒުކީ އިންޖީނުގެ އިތުރުން ކާސްޓޯ އަޑީތެލާއި ސިންގާ އެންޓިފޯލިން ފަދަ ބާވަތްތައް ވިއްކަމުންނެވެ.