މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެ އެވެ.
މިއަދު ހެނދުނު 8:00 ހާއިރު މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެން ފެށިއިރު ކުޑަ އިރުކޮޅެއްގެ ތެރޭގައި މާލޭގެ ހުރިހާ މަގުތަކެއްގައި ވަނީ ފެންބޮޑުވެފަ އެވެ. އޭރުން ފެށިގެން އަދިވެސް ހުއްޓާ ނުލާ ވާރޭވެހެމުން އެބަދެ އެވެ.
ފެންބޮޑުވެފައިވާތީ އެމްއެންޑީއެފް އިން ބައެއް މަގުތަކުގެ ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އެގޮތުން މިވަގުތު ސިފައިން ހަރަކާތްތެރިވަމުން އަންނަނީ އާންމު ގޮތެއްގައި އެންމެ ބޮޑަށް ފެންބޮޑުވާ އައިޖީއެމްއެޗް ސަރަހައްދުގަ އެވެ.
މެޓް އޮފީހުން ލަފާކޮށްފައި ވަނީ މިއަދު ހެނދުނު 10:00 އަކުން ފެށިގެނ 24 ގަޑިއިރަށް ރާއްޖޭގެ އެކި ހިސާބުތަކަ ވިއްސާރަ ކުރުމާއެކު ގުގުރާނެ އެވެ. އަދި އަތޮޅުތަކު ތެރެއިން ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.