މަސްތުވާތަކެތި

ޑްރަގް އޮޕަރޭޝަނެއްގައި ގެއެއް ބަލާ ފާސްކުރަނީ

ކޯޓް އަމުރެއްގެ ދަށުން މާފަންނުގައި ހުރި ގެއެއް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ގޭގައި ފުލުހުން ހަރަކާތްތެރިވަމުން ދަނީ ޑްރަގް އޮޕަރޭޝަނަކާއި ގުޅިގެން ކަމަށެވެ. ފުލުުހުން ބަލާ ފާސްކުރަމުން ދަނީ ކޮން ގެއެއް ކަމަށް ވިދާޅެއް ނުވިއެވެ. އަދި އިތުރު ތަފްސީލެއްވެސް ނުދިނެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ބަލަމުންދަނީ ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިންގެ ގެ އެވެ. ނަމަވެސް ފުލުހުން ބަލާ ފާސްކުރަމުންދަނީ އެ ބޭފުޅުން ދިރިއުޅުއްވާ އެޕާޓްމަންޓެއް ނޫނެވެ.