ލައިފްސްޓައިލް

އަކްޝޭ އަންހެނުންނަށް ދިން އާދަޔާހިލާފު ހަދިޔާ

އެކްޓަރު އަކްޝޭ ކުމާރު އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ އަށް ފިޔައިން ހަދާފައިވާ ކަންފަތުލާއެއްޗެއް ދިނުމުން އެކަމާ ރުޅިއައުމުގެ ބަދަލުގައި ޓްވިންކަލް ވަނީ ސޯޝަލް މީޑިއާގައި މި ހަދިޔާގެ ވާހަކަތައް ޝެއާކޮށް އެންމެ ރަނގަޅު ހަދިޔާގެ ލަގަބު މި ހަދިޔާއަށް ދީފަ އެވެ.

ޓްވިންކަލްގެ އިންސްޓަގްރާމް ޕޯސްޓްގައި އޭނާއަށް ލިބުނު ފިޔާ ކަންފަތުލާއެތީގެ ފޮޓޮއަކާއެކު އޭނާ ލިޔެފައިވާ ލިޔުމުގައި ބުނެފައިވަނީ ފިރިމީހާ މިފަހަރު ދީފައި މިވަނީ ވަރަށް ޔުނީކް ހަދިޔާއެއް ކަމަށެވެ.

"މަގޭ ފިރިމީހާ (އަކްޝޭ ކުމާރު) ކަޕިލް ޝަރުމާ ޝޯގައި ޕާފޯމްކޮށްފައި އައިސް ދިން ހަދިޔާއެއް މީ. އޭނާ ބުނި ގޮތުގައި މިއީ ކަޕިލް ޝޯ ގައި އަކްޝޭ އާއެކު ބައިވެރިވި ކަރީނާ ކަޕޫރަށް ކޮންމެވެސް މީހަކު ދިން އެއްޗެއް ކަމަށާއި ކަރީނާއަށް މި ހަދިޔާ އެހާ ކަމު ނުދިޔައިމަ މަށަށް ގެނެސްދިނީ ކަމަށާއި މަށަށް މި ހަދިޔާ ވަރަށް މަޖާ ވާނެކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ބުނި،" ޓްވިންކަލް ލިޔެފައި ވެއެވެ.

ޓްވިންކަލް ވަނީ މި ހަދިޔާއަށް 'ބެސްޓް ޕްރެޒެންޓް އެވޯޑު' ދީފަ އެވެ.

އަކްޝޭ އާއި ކަރީނާ ކަޕިލް ޝަރުމާ ޝޯގައި ބައިވެރިވީ އެ ދެ ތަރިން އެކުގައި ކުޅެފައިވާ "ގުޑް ނިއުޒް" ޕްރޮމޯޓް ކުރުމަށެވެ.