ލައިފްސްޓައިލް

ކަރަން ޕަޓޭލް އާއި އަންކިތާ އަށް އަންހެން ދަރިއެއް ލިބިއްޖެ

ޓީވީގެ ދުނިޔޭގައި ވަރަށް މަޝްހޫރު އެކްޓަރު ދެމަފިރިން ކަމަށްވާ ކަރަން ޕާޓޭލް އާއި އަންކިތާ ބަރްގަވާ އަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ. އަންކިތާ ވިހާފައިވަނީ ޑިސެމްބަރު 14 ވަނަ ދުވަހު އެވެ.

ކަރަން ނެރުނު ސްޓޭޓްމަންޓެއްގައި ބުނި ގޮތުގައި ދަރިއަކު ލިބުމަކީ މިހާ އުފާވެރި އިހްސާސްތަކެއް ކުރެވޭ ކަމެއް ކަންކުރިން ތަޖުރިބާ ކުރެވިފައި ނެތް ކަމަށް ބުނެފައި ވެއެވެ.

ސްޓާ ޕްލަސްގެ މަޝްހޫރު ޝޯ "ޔޭ ހޭ މުހައްބަތޭން"ގެ ލީޑް ރޯލުން ކަރަން ވަރަށް ގިނަ އަހަރުތަކެއް ފެނިފައި ޝޯ އާ ވަކިވެގެން ދުވަސްކޮޅަކު ހުރުމަށްފަހު މިދިޔަ މަހު ކަރަން ވަނީ އަނެއްކާވެސް އެ ޝޯ އަށް އެނބުރި އައިސްފަ އެވެ. ނަމަވެސް ޑިސެމްބަރު 18 ވަނަ ދުވަހު މި ޝޯ ނިންމާލަން މިހާރު ވަނީ ނިންމާފަ އެވެ. އަދި މި ޝޯގެ ބަދަލުގައި މީގެ ސްޕިން-އޯފް ޝޯ "ޔާ ހޭ ޗާހަތޭން" ފަށަން ވަނީ ހަމަޖެހިފަ އެވެ.

މި ސީރީޒްގެ ވެސް ފުރަތަމަ އެޕިސޯޑްގައި ކަރަން އާއި ބަތަލާ ދިވްޔަންކާ ބައިވެރިވާނެ އެވެ. އަދި ރޯހިތު ޝެޓީ ހޯސްޓްކުރާ "ޚަތުރޯންކީ ކިލާޅީ"ގެ އާ ސީޒަންގައި ކަރަން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ޝޯ ފަށާނީ މިހަޜު ކަލާޒް ޗެނަލްއިން ދައްކަމުންދާ ސަލްމާން ޚާން ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް" ނިމުމުންނެވެ.