ހަބަރު

އިންފޯފިޝް ބައްދަލުވުމަށް ފިޖީގެ ފިޝަރީޒް މިނިސްޓަރު ރާއްޖޭގައި

ފިޖީގެ ފިޝަރީޒް މިނިސްޓަރު ސެމީ ކޮރޮއިލަވެސައު ރާއްޖެ ވަޑައިގެންފި އެވެ.

ސެމީ ރާއްޖެ ވަޑައިގެންނެވީ 34 ވަނަ އިންފޯފިޝް ގަވަނިން ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި މިދިޔަ ހޮނިހިރު ދުވަހު އެވެ.

ރާއްޖެއިން ރިޔާސަތު ބަލަހައްޓާ އިންފޯފިޝް ގަވަނިން ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކަަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާ (އެފްއޭއޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ގައުމުތައް ތަމްސީލުކުރާ ޖަމިއްޔާއެކެވެ. މިޖަމިއްޔާގައި 13 މެމްބަރު ގައުމު އެކުލެވެ އެވެ. އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ގައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗާ ކުރިއަރުވާ ބައިނަލްއަގްވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާކެޓްތަކާ ގުޅުވައިދިނުމަށް މަގު ފަހިކޮށްދެ އެވެ.