ހަބަރު

ހުޅުމާލޭގައި ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓް މާދަމާ ފަށަނީ

Dec 16, 2019
11

ހުޅުމާލޭގައި ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓަށް ލިކަމެކް އިން ތައްޔާރުވެއްޖެ އެވެ.

ލިކަމެކް ޕްރައިވެޓް ލިމިޓެޑް އިން އިންތިޒާމް ކޮށްގެން ބާއްވާ މި ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގަ އެެވެ.

ލިކަމެކް އިން ބުނީ މިނައިޓް މާކެޓް އަކީ ހުޅުމާލޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ނައިޓް މާކެޓް ކަމަށެވެ. އަދި ނައިޓް މާކެޓް ފެށޭނީ މާދަމާ ހަވީރު 4:00 ގައި ކަމަށާއި އެއަށްފަހު 23 ވަނަ ދުވަހާ ހަމަޔަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުވާފައި ހުންނާނެ ކަމަށްވެސް ބުންޏެވެ.

ލިކަމެކް އިން ބުނީ މިފަހަރުގެ ނައިޓް މާކެޓްގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ ގުރުއަތުން ހޮވޭ ދެ ނަސީބުވެރިޔަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށެވެ. އެގޮތުން ސްޓޯލް ނަގާފައިވާ ފަރާތްތަކުގެ މެދުގައި ނަސީބުވެރިޔަކު ހޮވިގެންދާއިރު މާކެޓް އަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވެސް ނަސީބުވެރިޔަކު ހޮވިގެންދާނެ ކަމަށް ލިކަމެކް އިން ބުނެ އެވެ.

ނައިޓް މާކެޓަކީ ތަފާތު އެކި ވައްތަރުގެ ސާމާނު އެއްތަނަކުން އަގުހެޔޮކޮށް ލިބިގެންދާނެ، އަދި ދިވެހިންގެ ބޮޑު ތަރުހީބެއް ލިބޭ މާކެޓެކެވެ.