ގާސިމް އިބްރާހިމް

އެއްވެސް ލަދެއްނެތި ބައެއް މުވައްޒިފުން އެއްޗެހި ބުނޭ: ގާސިމް

ވިލާ ކުންފުނީގެ ބައެއް މުވައްޒިފުންވެސް އެއްވެސް ލަދެއްނެތި އެމަނިކުފާނަށް ނިސްބަތްކޮށް އެއްޗެހި ބުނެ ހަދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ރޭ މާމިގިލީގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައެވެ. ލޭންޑް ޔޫޒް ޕްލޭނާއި ހިލާފަށް މާމިގިލިން ވިލާ ކުންފުންޏަށް ބިމެއް ދިން ކަމަށް ބުނެ މާމިގިލި ބަޔަކު ސޮއިކޮށް މަޖިލީހަށް ހުށައަޅާފައިވާ ޕެޓިޝަނަށް އިޝާރަތް ކުރައްވާ ވަރަށް އަސަރާއެކު ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށްވެސް އަދި މާމިގިލި ރައްޔިތުންނަށްވެސް ދެރައެއް ލިބޭނަމަ އެންމެ ބޮޑަށް އަސަރު ކުރާނީ އެމަނިކުފާނަށް ކަމަށެވެ.

އެމަނިކުފާނަކީ ގާތްތިމާގެ މީހަކަށް ނުވަތަ ބަޔަކަށް ލިބޭ ހިތާމައަކަށް އުފާކުރާނެ ބޭފުޅެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މާމިގިލީގައި ކޮށްފައިވާ ކޮންމެ އިންވެސްޓްމަންޓަކީ ރަށުގެ ފައިދާއަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކެއް ކަމަށެވެ. އަދި އެއީ ވަކި މުއްދަތެއްގެ ފަހުން ދައުލަތާއި ރައްޔިތުންގެ މުދަލަށް ވެގެންދާނެ އިންވެސްޓްމަންޓްތައް ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެއާޕޯޓެއް ހެދުމުން އެހެން ކުންފުނިތަކަށް ރިސޯޓް ހެދުމަށް ދެ ރަށާއި، ބިމުން ބޮޑުބައެއް ދޭއިރު، އެމަނިކުފާނުގެ ވިލާ ކުންފުންޏާމެދު އަމަލުކޮށްފައިވަނީ އެހެން ނޫން ކަމަށެވެ. އަދި މިއަދުވެސް ބޮޑު ހަރަދުގައި އެއާޕޯޓް ހިންގަމުންދަނީ ގެއްލުމުގައި ކަމަށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެއާޕޯޓުން މިހާރުވެސް އަހަރު 24 ހާސް ޑޮލަރު ދިވެހި ދައުލަތަށް ދައްކަމުންދާ ކަމަށެވެ.

"މިތަން [މާމިގިލި އެއާޕޯޓް]މި ހިންގަނީވެސް ވަރަށް ބޮޑު ހަރަދުގައޭ. ގެއްލުމުގައޭ. ވަރަށް ބޮޑަށް ގެއްލުންކޮށްފައޭ. ފެނާ ނަރުދަމާވެސް ހިންގަނީވެސް އެހެން. ވަރަށް ބޮޑަށް ގެއްލުންކޮށް، އެކަމަކު އެއްވެސް ލަދެއް ނެތި އަޅުގަނޑު ބައެއް މުވައްޒިފުންވެސް އަޅުގަނޑާ ދިމާއަށް އެއްވެސް ފިކުރެއްނެތި އެއްޗެއް ބުނަން ދިމާވާކަން އެއީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް. އަޅުގަނޑު ދަންނަވާލާނީ ތިޔަހެން ނުހައްދަވާށޭ، ވިސްނާލައްވާށޭ. ﷲ ދެއްވި ސިކުނޑިން ވިސްނާލާށޭ، ކާކުތޯ ހެޔޮވާނީ ތި ބޭފުޅުންނަށް." ގާސިމް ވިދާޅުވިއެވެ.

ލޭންޑް ޔޫޒް ޕްލޭނާއި ހިލާފަށް މާމިގިލިން ވިލާ ކުންފުންޏަށް ބިމެއް ދިން ކަމަށް ބުނެ މާމިގިލި ބަޔަކު ސޮއިކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށައަޅާފައިވާއިރު، އެބަޔަކު ނުވަތަ އެހެން ބަޔަކުވިޔަސް މާމިގިލިން އިންޗިއެއްގެ މިންވަރުވެސް ހިއްކާފައިވޭތޯ ގާސިމް ސުވާލު ކުރެއްވިއެވެ.

"ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ މިރަށުގެ ބިން ހިއްކާފައި އޮތީ ކާކުތޯ. އެ ވާހަކަތައް ދައްކާ މީހުން ކައިވަތެއް، އިންޗިއެއްގެ މިންވަރުވެސް ހިއްކައިދިންތޯ."

މިތަން [މާމިގިލި އެއާޕޯޓް]މި ހިންގަނީވެސް ވަރަށް ބޮޑު ހަރަދުގައޭ. ގެއްލުމުގައޭ. ވަރަށް ބޮޑަށް ގެއްލުންކޮށްފައޭ. ފެނާ ނަރުދަމާވެސް ހިންގަނީވެސް އެހެން. ވަރަށް ބޮޑަށް ގެއްލުންކޮށް، އެކަމަކު އެއްވެސް ލަދެއް ނެތި އަޅުގަނޑު ބައެއް މުވައްޒިފުންވެސް އަޅުގަނޑާ ދިމާއަށް އެއްވެސް ފިކުރެއްނެތި އެއްޗެއް ބުނަން ދިމާވާކަން އެއީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް. އަޅުގަނޑު ދަންނަވާލާނީ ތިޔަހެން ނުހައްދަވާށޭ، ވިސްނާލައްވާށޭ. ﷲ ދެއްވި ސިކުނޑިން ވިސްނާލާށޭ، ކާކުތޯ ހެޔޮވާނީ ތި ބޭފުޅުންނަށް
ގާސިމް އިބްރާހިމް | ވިލާ ކުންފުނީގެ ބާނީ

ގާސިމް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޖޭޕީއަށް މާމިގިލިން ހަތް ގޮނޑި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ މާމިގިލީގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކޮށްދިނުމަށް އުފަލަންޖެހޭ ކޮންމެ އަޑެއް އުފުއްލެވުމަށް ތައްޔާރަށް ކަމަށެވެ.

"މިރަށުގެ މަގު ހެދުމާއި، މިރަށުގެ ހޮސްޕިޓަލާއި، ފުލުހުންގެ މަރުކަޒާ، މިރަށުގެ ސުކޫލާއި މިރަށުގެ ދެން ކުރަންހުރި މަސައްކަތްތައް ކުރަން އަޅުގަނޑު މިހުރީ ފޫގަޅާލައިގެން ނިކުމެ އޭ. މީގެ ކުރިއަރާ ވަރަށް ތަފާތުކޮށް، އަނގައިގެން ނުބުނެ ނުހުންނާނަމޭ، މިދިޔަ ފަހަރުވެސް ބަޖެޓްގައި އަޅުގަނޑު ވާހަކަދެއްކިން، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ މިރަށުގެ މަގު ހަދައިދިނުމާއި ހޮސްޕިޓަލް މަރާމާތު ކުރުމަކަށޯ ކިޔާ ލާރިކޮޅެއް ލާފައި ހުރީ. މިނިސްޓަރު [ހެލްތު މިނިސްޓަރު] ވަޑައިގެން ވިދާޅުވި މިތާގަ މިހާރު ހޮސްޕިޓަލް އަޅައިދޭގޮތަށޭ، ކައުންސިލާވެސް ދެތިން ހަތަރު ފަހަރަކު ބައްދަލްކޮށް، ޑިޒައިންކޮށް ހަދާ ނިންމާފައި އޮތީ. ދެން ސީޕީ، ފުލުހުންގެ މިހާރުގެ ސީޕީ ވިދާޅުވި އަޅުގަނޑު ކައިރީގައި، ބަޖެޓް ނެތް ނަމަވެސް އިސްކަންދޭ ތިން ރަށެއްގައި ފުލުހުންގެ މަރުކަޒު ހަދަން، މިރަށް އޮތީ އެ ލިސްޓުގެ އެއްވަނާގައި އޮތް ރަށެއް ކަމަށް ވިދާޅުވި. އެކަމަށް އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑުމެން ދެން ދެކެންތާ މި ތިބީ އެކަންކަން ނިމިގެންދާ ގޮތް. އަދި މިހާތާކަަށް ފުޓްބޯޅަ ދަނޑުވެސް މިނިސްޓަރު ދެ ދުވަހުން އެއް ދުވަހު އެ ވިދާޅުވޭ ހަދައިދެއްވާނަމޭ، އެކަމަކު އެކަމެއްވެސް ނުވޭ. މި ރަށައް ފުޓްސަލް ދަނޑެއްވެސް ހައިދެވިފައިވޭތޯ އަޅުގަނޑު ބޭނުން ސަރުކާރަށް ސުވާލުކޮށްލަން." ގާސިމް ވިދާޅުވިއެވެ.

"ހުރިހާ ރައްޔިތުންވެސް ޖޭޕީއަށް ވަޑައިގަންނަވާށޭ. މާތްﷲގެ ވާގިފުޅާއެކީގައި ސަރުކާރުން ކަންކަން ކޮށްދިނުމުގައި އަޅުގަނޑަށް ލައިދެވުނުހާ ބާރެއް މި ދާއިރާއާއި މި އަތޮޅުގެ ހުރިހާ ރަށަކަށްވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ބުނަންވީ ހުރިހާ ބަހެއްވެސް ބުނާނަން. ދައްކަންވީ ހުރިހާ ވާހަކައެއްވެސް ދައްކާނަން. އަދި ނުވިތާކަށް އަޅުގަނޑު ކޮށްދޭންޖެހޭ ކަމެއްގައި އަޅުގަނޑަށް މަދަދުވެރިކަން ދެވެން އޮތް މިންވަރަކުން ސަރުކާރަށް ވެދޭނަން."