ވިޔަފާރި

އުތުރާއި ދެކުނުގެ ޓްރާންސްޝިޕްމެންޓު ބަނދަރަށް ކޮންސެލްޓެންޓެއް ހަމަޖައްސައިފި

ރާއްޖެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރަށް ހިދުމަތް ދޭން، އުތުރާއި ދެކުނުގައި ހަދާ، ޓްރާންސް ޝިޕްމެންޓް ބަނދަރަށް ކޮންސަލްޓެންސީ ދޭން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ރާއްޖެ ސަރަހައްދުން ދަތުރު ކުރާ ބިޔަ ކާގޯ ބޯޓު ފަހަރަށް ހިދުމަތް ދިނުމުގެ ވިޔަފާރި ރާއްޖޭގައި ފުޅާ ކުރަން، ހަދާ ޓްރާންޝިޕްމަންޓް ބަނދަރުގެ މަސައްކަތް ފަށަން، ކޮންސަލްޓެންސީ ދޭން ހަވާލުކޮށްފައިވަނީ ގުޅީފަޅުގެ ބަނދަރުގެ މަސައްކަތުގެ ކޮންސެލްޓެންޓް، ނެދަލޭންޑުގެ ކުންފުންޏެއް ކަމަށްވާ އެމްޓީބީއެސް އަދި ޑެންމާކުގެ ނީރަސް ކުންފުންޏެވެ.

އިކޮނޮ މިނިސްޓްރީން ބުނީ މި މަސައްކަތް އެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ މި ކަމަށް ބީލަމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބު ކޮށްފައިވަނީ، ނެދަލޭންޑުގެ ކުންފުންޏެއް ކަމަށްވާ އެމް ޓީ ބީ އެސް އަދި ޑެންމާކުގެ ނީރަސް ކުންފުނިން ކަމަށްވާތީ ކަމަށެވެ. މި މަސައްކަތް އެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ 860،626 އެމެރިކާ ޑޮލަރަށް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ޓްރާން ޝިޕްމެންޓް ބަނދަރު ގާއިމްކުރުމުގެ ފީޒިބިލިޓީ ސްޓަޑީ ހަދާނެ ސަރަހައްދު ތަކަކީ ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅާއި ދެކުނުން ލާމު އަތޮޅާ ދެމެދުގައިވާ ހުވަދޫ ކަނޑާ ކައިރިން މި ކަމަށް އެންމެ އެކަށޭނެ ތަނެއްގައި ކަމަށެވެ. މީގެ އިތުރުން ބަންކަރިން އަދި ބިޔަ ކާގޯ ބޯޓު ފަހަރު މަރާމާތުކުރުމަށާއި ބޯޓު ފަހަރަށް ސަޕްލައިކުރުމަށް އަމާޒު ކޮށްގެން ހިތަދޫގައި ބައިނަލްއަގްވާމީ ބަނދަރެއް ތަރައްގީ ކުރުމުގެ ފީޒިބިލިޓީ ވެސް މި އެއްބަސްވުމުގެ ދަށުން ހެދިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މި އެއްބަސްވުމުގެ މައުލޫމާތު އިތުރަށް ދެމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިއާދު ހަމީދު މިއަދު ވިދާޅުވީ މި މަސައްކަތް ފަށަން ކޮންސެލްޓެންސީ މަސައްކަތް ކުރިއަށް ގެންދާ ސަރަހައްދަކީ މުދާ އުފުލާ ބޯޓު ފަހަރުތަށް އާންމުކޮށް ބޭނުން ކުރަމުންދާ ރޫޓެއް ކަމަށެވެ. އެހެންކަމުން ޓްރާން ޝިޕްމެންޓެއް ބަނދަރު ގާއިމް ކުރެވުމުން އެކަމުގެ ފައިދާ ރާއްޖޭގެ އިގްތިސޯދަށް ކުރާނެ ކަމަށް އޭނާ ވިދުވި އެވެ.

ރިއާދް އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން މާލެ ނޫން ސަރަހައްދުތަށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބާރު ލިބި، ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި ޓްރާން ޝިޕްމެންޓެއް ބަނދަރެއް ހެދުމުގެ މަސައްކަތް ކުރީގެ ހުރިހާ ސަރުކާރުން ދެއްކި ކަމަށާ ނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިތުރުގައި "އައި ހެވަން" ގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ބޮޑު މަޝްރޫއެއް އިއުލާނު ކުރި އެވެ. އަދި މަޝްރޫއު ފަށަން ތައްޔާރުވެ، ތަފާތު އެކި މަރުހަލާތައް ކަޑަށްތުކުރި އެވެ. ނަމަވެސް ފަސް އަހަރު ނިމިގެން ދިޔައިރު ވެސް މި މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެ އެވެ.