ހަބަރު

ފުލުހުން ޑްރަގް އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ޑްރަގް އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާން ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން "ޑްރަގް ރެއިޑް" އެއް ކުރިއަށް ގެންދާ ކަމަށެވެ. ފުލުހުން ވަނީ އެ އޮޕަރޭޝަންގެ ވީޑިއޯ އަދި ފޮޓޯ ނެގުމުގެ ފުރުސަތުވެސް މީޑިއާތަކަށް ދީފައެވެ.

މިހާރު ކުރިއަށްދާ އެ އޮޕަރޭޝަންގެ ތަފްސީލް މިރޭ ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަން ފުލުުހުން ކުރިއަށް ގެންދަނީ މާފަންނު ލޮނުމިދިލިގޭގައެވެ.