ހަބަރު

ރިސޯޓެއްގައި މަރުޖުއާނާ ގެންގުޅުނު ބިދޭސީއެއް ހައްޔަރުކޮށްފި

Dec 20, 2019
2

އދ. އަތޮޅުގެ ރިސޯޓެއްގައި މަރުޖުއާނާ ގެންގުޅު ބިދޭސީއެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހަކު ރާއްޖެ އެތެރެ ކުރުން މަނާ ބޭސްތަކެއް ގެންގުޅޭ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ފުލުހުން އެ ރިސޯޓަށް ގޮސް ތުހުމަތު ކުރެވޭ 36 އަހަރުގެ ސްރީ ލަންކާ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހާ އުޅޭ ކޮޓަރ ބަލާ ފާސް ކުރިއިރު ރާއްޖެ އެތެރެ ކުރުން މަނާ ބޭސްތަކަކާއި މަރުޖުއާނާ ފަތްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.