ހަބަރު

ފަތުރުވެރިކަމުގައި ލޯކަލް ކެރިއާ އެވޯޑު މޯލްޑިވިއަން އަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފްވެރި އެވޯޑު، ލީޑިންގް ލޯކަލް ކެރިއާ އެވޯޑު މޯލްޑިވިއަން އަށް ލިބިއްޖެ އެވެ.

މޯލްޑިވިއަށް މި އެވޯޑު ދީފައިވަނީ "މޯލްޑިވްސް ޓްރެވެލް އެވޯޑްސް ގާލާ 2019" އެވޯޑު ހަފްލާގަ އެވެ.

ގައުމީ އެއާލައިނުން، ވިލާ އެއާ އާއި ޓްރާންސް މޯލްޑިވްސް އެއާ އާއި ވާދަކޮށް މި އެވޯޑު ހާސިލް ކޮށްފައިވާއިރު، ދިވެހިން އެންމެ ގިނައިން ދަތުރު ކުރާ އަވަށްޓެރި ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާވޭސް އިން ވަނީ އިންޓަނޭޝަނަލް ލީޑިން އިންޓަނޭޝަނަލް ކެރިއާ އެވޯޑު ހާސިލް ކޮށްފަ އެވެ.

މި ހަފްލާގައި ވަނީ 25 ކެޓެގަރީއަކުން ގިނަ އެވޯޑުދީފަ އެވެ. އެގޮތުން ލީޑިން ލޯ ކޮސްޓް ކެރިއާ އެވޯޑު އެއާ އޭޝިއާއިން ވަނީ ހާސިލް ކޮށްފަ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ލައިފްޓާއިމް އެޗީވްމަންޓް އެވޯޑު، އެދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) އަށް ވަނީ މިހަފްލާގައި އަރުވާފަ އެވެ.

މީގެ އިތުރުން ލީޑިންގް އެއާޕޯޓް/ ސިޓީ ހޮޓެލް އެވޯޑް ހާސިލުކުރީ ހުޅުމާލޭގައި ހުންނަ އެއާޕޯޓް ބީޗް ހޮޓެލްއިން ހާސިލް ކޮށްފައިވާއިރު ރާއްޖޭގެ ލީޑިންގް ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑު، ވިދި ވިދިގެން ހަތަރު ވަނަ ފަހަރަށް ދަ ސަން ސިޔާމް އިރުފުށި ރިސޯޓުން ވަނީ ހާސިލްކޮށްފަ އެވެ. މި އެވޯޑު އިރުފުށްޓަށް ލިބިފައިވަނީ 12 ރިސޯޓަކާއި ވާދަކޮށްގެނެނެވެ. އިރުފުށީގެ އިތުރުން ކިހާ މޯލްޑިވްސްއިން ވެސް ވަނީ ލީޑިންގް ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑް ލިބިފަ އެވެ.