ހަބަރު

އަހަރުގެ އެންމެ ރަނގަޅު ކުންފުންޏަކަށް ސްޓެލްކޯ

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އަހަރުގެ އެންމެ ރަނގަޅު ކުންފުންޏަށް ދޭ އެވޯޑު، ޕަބްލިކް އެންޓަޕްރައިސް އެވޯޑް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އަށް ލިބިއްޖެ އެވެ.

ސްޓެލްކޯ އަށް މި އެވޯޑު ލިބިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ކްރޮސްރޯޑުގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑު 2019 ގަ އެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިގްތިސޯދުގެ އެކި ދާއިރާތަކަށް ހާއްސަ ކޮށްގެން ދޭ އެވޯޑެކެވެ. މި އެވޯޑުގެ ދެނީ ވިޔަފާރިތައް ތަރައްގީ ކުރަން ހިތްވަރު ދިނުމަށާއި އަގު ވަޒަން ކުރުމަށެވެ. މި އަހަރަކީ މޯލްޑިވްސް ބިޒްނަސް އެވޯޑު ދޭ ދެވަނަ އަހަރެވެ.

ސްޓެލްކޯގެ އިތުރުން މި އެވޯޑު ހަފްލާގެ އެންމެ ޝަރަފްވެރި އެވޯޑު ކަމަށްވާ "ބިޒްނަސް އޮފް ދި އިޔާ" އެވޯޑު އުރީދޫ މޯލްޑިވްސް އަށް ވަނީ ލިބިފަ އެވެ. މީގެ އިތުރުން މި ހަފްލާގައި ވަނީ 29 ކެޓެގަރީއަކުން އެކި ފަރާތްތަކަށް އެވޯޑު ދީފަ އެވެ.