ކުޅިވަރު

ފްރާންސްގެ ކުޅުންތެރިން މާ އަގުބޮޑު: ކްލޮޕް

ލިވަޕޫލަށް ގެނެވޭ ވަރަށް ވުރެ، ފްރާންސްގެ ކުޅުންތެރިންގެ އަގު ބޮޑު ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

މިހަފުތާގައި، ކުަލބު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދިއިރު، އެ ކުލަބުގެ ސީނިއާ ޓީމުގައި ފްރާންސްގެ ކުޅުންތެރިޔެއް ނެތެވެ. ލިވަޕޫލަށް އެންމެ ފަހުން ކުޅުނު ފްރާންސްގެ ކުޅުންތެރިޔަކީ 2017 ވަނަ އަހަރު ކްރިސްޓަލް ޕެލަސްއަށް ބަދަލުވި، މަމަޑޫ ސަކޯ އެވެ. އޭގެ ފަހުން އެ ގައުމުގެ އެއްވެސް ކުޅުންތެރިޔެއް ލިވަޕޫލްގެ ޖޯޒީގައި ކުޅެފައެއް ނުވެއެވެ.

ޕީއެސްޖީގެ ތަރި ފްރާންސްގެ ކިލިޔަން އެމްބާޕޭ އަށް ލިވަޕޫލުން ވަނީ ކުރިން ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. އެހެންނަމަވެސް ކްލޮޕް ބުނީ އޭނާގެ އަގު ބޮޑު ކަމަށެވެ.

"ކިލިޔަން [އެމްބާޕޭ] ކުޅެމުން އެ ދަނީ ޕީއެސްޖީގައި، ގުރީޒްމަން ގުޅުނީ ބާސެލޯނާ އާ، އެންމެންނަށްވެސް އެނގޭނެ ފްރާންސްގެ ޓީމު ވަރުގަދަކަން،" ފްރާންސްގެ ކެނަލް ފުޓްބޯޅަ ކުލަބުގެ ވެބްޒައިޓަށް ދިފައިވާ އިންޓަވިއުގައި ކްލޮޕް ބުންޏެވެ. "އަހަރެމެންވެސް ފްރާންސްގެ ކުޅުންތެރިޔަކާ މެސު ޝައުގުވެރިވި، ނަމަވެސް އޭގެ ތެރެއިން ބައެއް ކުޅުންތެރިންގެ އަގު މާ ބޮޑީ."

އަންނަ ބުދަ ދުވަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ލިވަޕޫލްގެ ސްކޮޑަށް އާ ކުޅުންތެރިޔަކު އިތުރު ވެގެންދާނެ އެވެ. ލިވަޕޫލުން ވަނީ ޖަރުމަންގެ ސަލްޒްބާގަށް ކުޅެމުން އަންނަ ޖަޕާންގެ ވިންގާ، ޓަކްމީ މިނާމިނޯ ސޮއި ކުރުވާފަ އެވެ.