ހަބަރު

ފިޓްނަސް ސެންޓަރުތަކާއި އިންސްޓްރަކްޓަރުން ރަޖިސްޓްރީ ކުރަން ފަށައިފި

Dec 24, 2019

ރާއްޖޭގެ ފިޓްނަސް އިންސްޓްރަކްޓަރުންނާއި ސެންޓަރުތައް ޔޫތް އެންޑް ސްޕޯޓްސް މިނިިސްޓްރީގައި ރަޖިސްޓްރީ ކުރަން ފަށައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފިޓްނަސް ސެންޓަރުތަކާއި އެ ދާއިރާގައި މަސައްކަތް ކުރާ އިންސްޓްރަކްޓަރުންނަކީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާ ކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ފަރާާތްތަަށް ވާތީ އެފަދަ ފަރާތްތަކާއެކު ގުޅިގެން މިނިސްޓްރީން ދުޅަަހެޔޮ މުޖުތަމައެއްް ބިނާ ކުރަން މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

އެހެން ކަމުން މި އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ހުންނަ ފިޓްނަސް ސެންޓަރުތަކާއި އިންސްޓްރަކްޓަރުން އެ މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޔޫތު މިނިސްޓްރީން ވަނީ ރާއްޖޭގައި ފިޓްނަސްއާ ގުޅުން ހުރި ބޮޑު ކެމްޕޭނަށް އަންނަ އަހަރު ފަށަން ނިންމާފަ އެވެ. "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ފަށާ މި ކެމްޕޭންގެ އެމްބެސެޑަރަކަށް ހަމަޖައްސާފައިވަނީ ބޮލީވުޑްގެ ތަރި، ސުނިލް ޝެޓީ އެވެ. އެ ކެމްޕޭން ފިޓްނަސް ދާއިރާގައި އުޅޭ ގިނަ އަދަދެއްގެ ދިވެހިން ވެސް ބައިވެރިވާނެ ކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.