ދުނިޔެ

ރަށްވެހިކަމުގެ ގާނޫނު ދިފާއުކުރަން ބީޖޭޕީ ނުކުންނަނީ

Dec 25, 2019

މައްސަލަ ބޮޑުވެފައިވާ ރަށްވެހިކަމުގެ ގާނޫނުގެ ދިފާއުގައި އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއިން ނުކުންނަށް ފަށައިފި އެވެ.

ސިޓިޒެންޝިޕް ބިލަށް ގެނައި އިސްލާހުގެ ސަބަބުން އިންޑިއާގެ އެކި ހިސާބުތަކުގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންނެވެ. މި ބިލަށް ގެނައި އިސްލާހުގައި ވާގޮތުން އެގައުމަށް ހިޖުރަ ކޮށްފައިވާ މުސްލިމުންނަށް ރަށްވެހިކަން ނުލިބޭނެ އެވެ. މިގޮތަށް އިސްލާހު ގެންނަން ހުށަހެޅީ ބީޖޭޕީ ޕާޓީގެ މެމްބަރުންނެވެ.

މި ބިލާ ދެކޮޅަށް މުޒާހަރާކުރާ މީހުނާ ދެކޮޅަށް މިހާރު ބީޖޭޕީއިން ވަނީ މުޒާހަރާކުރާނެ ކަމަށް ބުނެފަ އެެވެ. މިއާއެކު އިންޑިއާގެ އެކި ހިސާބުތަކުގައި ސެކިއުރެޓީ ވަނީ ވަރުގަދަކޮށްފަ އެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބައެއް ސަރަހައްދުތަކުން އިންޓަނެޓް ވެސް ވަނީ ކަނޑާލަ އެވެ.

މީގެ އިތުރުން ޓެރަރިސްޓު ހަމަލާއަކުން ދިފާއުވުމުގެ ގޮތުން ކްރިސްމަސްގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. މުޒާހަރާތަކަށް އަމާޒުކޮށްގެން ހަމަލާ ދިނުމަކީ އިންޑިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓުން އާންމުކޮށް ކުރާ ކަމެކެވެ. ބީޖޭޕީއިން މުޒާހަރާއަށް ނުކުތުމުން ވެރިރަށް ނިއު ދިއްލީގެ ބޮޑެތި ހައިވޭތައް ފުރޭނެ ކަމަށް ބެލެވެ އެވެ.

ބީޖޭޕީއިން މުޒާހަރާއަށް ނުކުތުމުން ގައުމުގެ ހަމަޖެހުން އެއްކޮށް ގެއްލޭނެ ކަމަށް ސިފައިން ދަނީ ބުނަމުންނެވެ. ނަމަވެސް ސިފައިން ވަނީ ބީޖޭޕީއަށް މުޒާހަރާކުރެވޭނެ ކަމަށް ބުނެފަ އެވެ. ސިޓިޒެންޝިޕުގެ ބިލުގައި ނަސްލީ ތަފާތުކުރުން ހުރި ކަމަށް ބުނެ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާނ މޯދީގެ ކާފަ ދަރިކަލުން ވެސް ވަނީ މީގެ ކުރިން މުޒާހަރާގައި ބައިވެރިވެފަ އެވެ. އަދި އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވެސް ގެންދަނީ އޭނާގެ ސަޕޯޓަރުން މޯދީގެ ވެރިކަމާ ދެކޮޅަށް ނިކުތުމަށް ގޮވާލަމުންނެވެ.