ރިޕޯޓް

މި ދުވަސްވަރު ކްރޮސްރޯޑަށް ދާންވީ ކީއްވެ؟

ތައްޔާރުވަމުން މި ދަނީ 2020 އަހަރަށް މަރުހަބާ ކިޔާށެވެ. އައު އަހަރު ފާހަގަކުރުމަށް އެކި މީހުން އެކި ތަންތަނަށް ދަތުރު ކުރަމުން ދަނީއެވެ. މާލެ ކައިރީ، އެނބޫދޫ ފަޅުގައި ހުޅުވި ކްރޮސްރޯޑްސްވެސް އޮތީ 2020 މަރުހަބާ ކިޔަން ފުރިހަމައަށް ތައްޔާރަށެވެ.

ދިވެހިންނަށްވެސް ބައިވެރިވެވޭނެ ތަފާތު ހަރަކާތްތަކާއެކު ހޮނިހިރު ދުވަހުން ފެށިގެން އައު އަހަރު ފެށެންދެން ތަފާތު ހަރަކާތްތަކާއެކު ކްރޮސްރޯޑުގެ، މެރީނާ މޯލްޑިވްސް ވަނީ އައު އަހަރަށް މަރުހަބާ ކިޔަން ފުރިހަމަައަށް ތައްޔާރުވެފައެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކްރޮސްރޯޑުގެ، މެރީނާ މޯލްޑިވްސްގައި ކުރިއަށް ގެންދާ ޑީޖޭ ޝޯތަކެވެ. ޑީޖޭގެ ހަރަކާތްތައް ކުރިއަށް ދާނީ 28، 29 އަދި 30 ވަނަ ދުވަހުގެ ރޭ 9:30 ފެށިގެން 11:30 ގެ ނިޔަލަށެވެ. އަދި 31 ޑިސެންބަރުގެ 9:00 - 10:00 އަދި 11:00 - 12:00 އަށެވެ.

މީގެ އިތުުރުން ތަފާތު ގޮތަކަށް މެރީނާ ސަރަހައްދު ކުލަ ކުލައިގެ ލައިޓް ތަކުން ދިއްލާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ މިފަދަ ހަރަކާތެއް މިގޮތަށް ރާއްޖޭގައި ކުރިއަށް ގެންދެވޭ ފުރަތަމަ ފަހަރެވެ. އެގޮތުން ކޮންމެ ރެއަކުވެސް 10 މިނެޓަށް ކުލަ ކުލައިގެ ލައިޓުން މެރީނާ ސަރަހައްދު ދިއްލާލުމަށް ލައިޓް ޝޯއެއް ކުރިއަށް ގެންދެވޭނެ އެވެ.

ޖެނުއަރީ 1 ވަނަ ދުވަހަކީވެސް ކްރޮސްރޯޑުގެ، މެރީނާ މޯލްޑިވްސްއަށް ހާއްސަ ދުވަހެކެވެ. އެ ދުވަހު ހަވީރު 5:00 ފެށިގެން ކުޑަކުދިންނަށް ހާއްސަ ޝޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ބިލްބްރޮކްމަންގެ ވަރަށް ހާއްސަ ޝޯއެކެވެ. މި ޝޯގައި މިއުޒިކަލް އިންސްޓްރޫމަންޓް ބޭނުންކޮށްގެން ތަފާތު ޝައުގުވެރި ކަންކަން ދައްކާލާނެ އެވެ.

މީގެ އިތުރުން އައު އަހަރަށް މަރުހަބާ ކިޔަން ކްރޮސްރޯޑްގައި ހާއްސަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އަލިފާނުގެ ކުޅިވަރުތައް ދައްކާލުންވެސް އޮންނާނެ އެވެ.

އަދި ކްރޮސްރޯޑްގައިވާ ފިހާރަތަކާއި، ރެސްޓޯރަންޓްތަކުން އައު އަހަރާ ދިމާކޮށް ހާއްސަ ޑިސްކައުންޓްތަކެއް މިހާރުވެސް ވަނީ ތައާރަފްކޮށްފައެވެ. ވިޔަފާރި ކުރުމުން ހަދިޔާ ލިބޭނެ ގިނަ ޕްރޮމޯޝަންތަކެއްވެސް ދަނީ ކުރިއަށެވެ.

މީގެ އިތުރުން އާއިލާއާއި ރަހުމަތްތެރިންނާއެކު ކެއުމަކަށް އިންސާފު ކުރުމަށް މިދުވަސްވަރު ދާން އެންމެ ރަނގަޅީ ކްރޮސްރޯޑަށެވެ. މިހާރު ކްރޮސްރޯޑުން ޖަޕަނީސް، ތައި، އަދި އިންޑިއަން ރެސްޓޯރަންޓްގެ ހިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން ލަންކާގެ ބްރޭންޑެއް ކަމަށްވާ މިނިސްޓްރީ އޮފް ކްރެބްސްވެސް ވަނީ ހުޅުވާފައެވެ. އަދި މަޝްހޫރު ފްރެންޒައިޒްތައް ކަމަށްވާ ހާޑްރޮކް ފަދަ ބްރޭންޑުތައް ހިމެނެ އެވެ.

އަދި މާލޭގައި ކެއިން ބުއިމުގެ ހިދުމަތްދޭ މަޝްހޫރު ތަންތަނުގެ އައުޓްލެޓްތައްވެސް ކްރޮސްރޯޑްގައި މިހާރު ވަނީ ހުޅުވާލާފައެވެ. އުފާވެރި، ހިތްގައިމު އަދި ހިތްހަމަޖެހޭ މާހައުލެއްގައި ކެއުމަކަށް އިންސާފުކޮށްލަން ކްރޮސްރޯޑް އެއީ އެއްވަނަ އެވެ.