ހަބަރު

ބޮއްކުރާގައި ގެއްލުނު މީހާ ފަޅު ރަށަކުން ފެނިއްޖެ

ރިޔަލު ބޮއްކުރައެއްގައި ނިކުމެ އުޅެނިކޮށް ހަބަރު ނުވެގެން ހޯދަމުން ދިޔަ މީހާ ފަޅު ރަށަކުން ފެނިއްޖެ އެވެ.

ފުލުހުން ބުނީ، މި މަހުގެ 24 ވީ ދުވަހު 4:30 ހާކަންހާއިރު ބ.ކެންދޫއިން ރިޔަލު ބޮއްކުރައެއްގައި މަހަށް އެކަނި ނިކުމެ އުޅުނު 42 އަހަރުގެ މީހެއް ހަބަރު ނުވެގެން ފުލުހުންނާއި، ކެންދޫގެ އާންމު ރައްޔިތުންގެ މަސައްކަތުން ހޯދަމުންދިޔަ މީހާ ފެނިފައިވާ ކަމަށެވެ.

އެމީހާ ފެނިފައިވަނީ ކެންދޫ ކައިރީގައި އޮންނަ ކެޔޮދޫ ނަމަކަށް ކިޔާ ފަޅު ރަށަކުން ރޭ 11 ޖެހިކަންހާ އިރު ކަމަށާއި، އެމީހާއަށް ކެންދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކެންދޫއިން ގެއްލިގެން ހޯދަމުންދިޔައީ ގާނޫނީ ވަކީލެކެވެ. އަދި އޭނާ ދަތުރުކުރި ބޮއްކުރައަށްވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.