ދިޕިކާ ޕަދުކޯން

"ބްރަހްމަސްތުރަ 2" ގައި ރަންވީރާއި ދީޕިކާ

ރަންބީރު ކަޕޫރާއި އާލިއާ ބަޓް މިހާރު ކުޅެމުންދާ "ބްރަހްމަސްތުރާ" ރިލިޒްވާނެ ދުވަހަކަށް މި ދެ ތަރިންގެ ފޭނުން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާއިރު ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރުޖީ މިހާރު ދަނީ މި ފިލްމުގެ ދެ ވަނަ ބައިގެ މަސައްކަތް ފަށަން ތައްޔާރު ވަމުންނެވެ.

ފުރަތަމަ ބައިގެ ޝޫޓިންގެ ބޮޑު ބައެއް ނިމިފައި ވިޔަސް ފިލްމުގެ މަސައްކަތް އަދި ނިމޭނެ ދުވަހެއް ނޭނގެ އެވެ. އަދި ދެ ފަހަރެއްގެ މަތިން ރިލިޒްކުރާ ތާރީޚް ވެސް ވަނީ ބަދަލުކޮށްފަ އެވެ. ފިލްމު ލަސްވާ ސަބަބެއް ކަމަށް ބުނެފައި ވަނީ ވީއެފްއެކްސް އާއި ޕެޗްވޯކް މަސައްކަތް ނުނިމި ހުރީމަ އެވެ.

"ބްރަހްމަސްތުރަ" އަކީ ޓްރައިލޮޖީ އެކެވެ. މާނައަކީ މި ފިލްމުގެ ތިން ބައެއްގެ އުފައްދާނެ އެވެ. އެގޮތުން ދެ ވަނަ ބައިގައި ބައިވެރިވުމަށް ހުށަހަޅާފައިވަނީ ރަންވީރު ސިންގް އަށާއި ދީޕިކާ ޕަދުކޯން އަށެވެ.

"ބްރަހްމަސްތުރަ"ގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ވެސް މި ދޭތެރެއަކުން ޚަބަރު ފެތުރުނެވެ. ނަމަވެސް އިންޑިއާގެ ނޫސްތަކުން މިހާރު ބުނަނީ ފިލްމުގެ މަސައްކަތް ބާރަށް ކުރިޔަށް ދާ ކަމަށެވެ. އަދި މި ފިލްމުގެ ދެ ވަނަ ބަޔާއި ތިން ވަނަ ބައި ކާމިޔާބު އެއްޗަކަށް ހެދުމަށް ޑައިރެކްޓަރު މިހާރުއްސުރެ ބުރަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.
އިންޑިއާގެ މުމްބައި މިރާ ނޫހުން ބުނީ "ބްރަހްމަސްތުރަ" ކުޅެދޭން ރަންވީރާއި ދީޕިކާ އަށް ހުށަހަޅައި މި ދެ ތަރިން ފިލްމު ކުޅެން އެއްބަސްވެސް ވެއްޖެ ކަމަށެވެ.

މި ފިލްމުގެ ފުރަތަމަ ބައިގައި ރަންބީރު އާއި އާލިއާގެ އިތުރުން އަމީތާބު ބައްޗަން އާއި ނާގްއަރުޖުނާ ބައިވެރިވެ އެވެ.