ހަބަރު

އާ އަހަރު ފާހަގަ ކުރަން ހުއްދަ ދީގެން ނުވާނެ: އިޔާޒް

Dec 26, 2019
16

އާ އަހަރު ފާހަގަ ކުރަން ހުއްދަ ދީ، މަސްތުވުމާއި ފާހިޝް އަމަލުތައް ހިންގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

ސުނާމީގެ ހާދިސާއާ ގުޅޭ ގޮތުން އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާ އަހަރު ފާހަގަ ކުރުމުގެ ނަމުގައި ނާޗަރަންގީ ޝޯތައް ބާއްވައި ހިންގަން ފުރުސަތު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރުވާ މީހުންނާއި އާ އަހަރު ފާހަގަ ކުރަން ހުއްދަ ދޭ ފަރާތްތައް އެ ކުށުގައި ހަމަހަމަވާ ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.

އިޔާޒް ކުރެއްވި ޓުވީޓް

އިޔާޒް އިތުރަށް ވިދާޅުވީ ކޮންމެ އުފަލަކާއި ހިތާމައެއް ކުރިމަތިވިޔަސް އެކަންކަމުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި 2004 ގެ ސުނާމީ ހާދިސާއިން ދިވެހިން އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށެވެ.

މީލާދީ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން މާލެ އާއި ރާއްޖޭގެ ރަށްތަކުގައި ކޮންމެ އަހަރަކު ވެސް ޝޯތައް ބާއްވަ އެވެ.