ވިޔަފާރި

ބޭންކު ބަނގުރޫޓުވެއްޖެނަމަ ބަދަލު ލިބޭ ގޮތަށް ފައިސާ ޖަމާކުރާ ފަރާތްތައް އިންޝުއަކުރަނީ

Aug 26, 2015

ފައިސާ ޖަމާކުރާ ބޭންކު ބަނގުރޫޓުވުން ފަދަ ހާލަތްތަކުގައި ފައިސާ ޖަމާކުރި ފަރާތްތަކަށް ބަދަލު ލިބޭ ގޮތަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގައި އިންޝުއަރެންސް ސްކީމެއް ގާއިމްކުރަން، ގަވާއިދެއް އެކުލަވާލައި، ގެޒެޓްކޮށްފި އެވެ.

މި ފަންޑު މެނޭޖުކޮށް ބަލަހައްޓަނީ މަރުކަޒީ ބޭންކުންނެވެ. އަދި ފަންޑު ގާއިމް ކުރަން ބޭނުންވާ ފައިސާ ޖަމާކުރާނީ މެންބަރު ބޭންކުތަކުންނެވެ. ގޮތުން މި ފަންޑަށް ފުރަތަމަ ޖަމާކުރަން ޖެހެނީ މެންބަރު ބޭންކުތަކުގައި ހުރި އިންޝުއަ ކުރާ ފައިސާގެ 0.50 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ. މި ސްކީމުގެ ދަށުން ބޭންކްތަކުގައި ހުޅުވާފައިވާ ސޭވިން އެކައުންޓާއި ކަރަންޓް އެކައުންޓް، ފިކްސް އެކައުންޓް އަދި އިސްލާމިކް ބޭންކިން އުސޫލުން ހުޅުވާފައިވާ މިފަދަ އެކައުންޓްތަކުގައި ބަހައްޓާފައިވާ ފައިސާ ވެސް ހިމެނެ އެވެ. މިގޮތުން އިންޝުއަ ކުރަނީ ބޭންކުގެ ޑިޕޮސިޓް މެންބަރަކު ބޭންކުގައި ބަހައްޓާފައިވާ ޖުމްލަ ފައިސާގެ 30،000ރ. ނުވަތަ ބޭރު ފައިސާ އިން ނަމަ އެއާ އެއްވަރުގެ އަދަދެކެވެ.

ޑިޕޮސިޓް އިންޝުއަރެންސް ސްކީމްގެ ގަވާއިދުގައި، މި ސްކީމުގެ މެންބަރަކަށް ވުން އިސްތިސްނާވާ ހާލަތުތަކެއް ވެސް ކަނޑައަޅާފައިވެ އެވެ.

ބޭންކަކުން ރާއްޖޭގައި ޑިޕޮސިޓް ނެގުމުގެ ވިޔަފާރި ކުރަމުން ގެންދާ މިންވަރު

ހުށަހެޅުން ހުށަހަޅާފައިވަނީ ރާއްޖޭގައި ހިންގާ ބޭރުގެ ބޭންކުގެ ބްރާންޗެއްގެ ޑިޕޮސިޓްއާ ގުޅިގެން ކަމަށްވާނަމަ، އެ ބްރާންޗަކުން ނަގާފައިވާ ޑިޕޮސިޓް ރާއްޖޭން ބޭރުގެ ޑިޕޮސިޓް އިންޝުއަރެންސް ސްކީމެއް ނުވަތަ މިފަދަ އެހެން ސްކީމެއްގެ ދަށުން އިންޝުއަ ކޮށްފައިވޭތޯ އަދި އެފަދަ ސްކީމެއްގެ ދަށުން އިންޝުއަކޮށްފައިވާނަމަ އެ ސްކީމެއްގެ ދަށުން ޑިޕޮސިޓަރުންނަށް ލިބިދޭ ރައްކާތެރިކަން ކަށަވަރު ކުރުން

މި ގަވާއިދުގެ ދަށުން އަހަރީ "ޕްރިމިއަމް" ބޭންކުތަކުން މި ފަންޑަށް ޖަމާކުރަން ޖެހެ އެވެ.

ބޭންކެއްގެ ކެޕިޓަލް ރޭޝިއޯ އެޑިއުއަސީ 15 ޕަސެންޓް ނުވަތަ އެއަށް ވުރެ މަތިނަމަ ޖަމާކުރަން ޖެހެނީ ބޭންކުގައި ހުރި ޑިޕޮސިޓްގެ 0.100 ޕަސެންޓެވެ. އަދި ބޭންކެއްގެ ކެޕިޓަލް ރޭޝިއޯ އެޑިއުއަސީ 15 ޕަސެންޓަށް ވުރެ މަތިނަމަ ޖަމާކުރަން ޖެހެނީ ބޭންކުގައި ހުރި ޑިޕޮސިޓްގެ 0.125 ޕަސެންޓެވެ.

މި ގަވާއިދުގެ ދަށުން ބޭންކެއް ބަނގުރޫޓުވުން ނުވަތަ އެ ބޭންކެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލްކޮށްފިނަމަ ޑިޕޮސިޓަރުންނަށް އިންޝުރަކުރި ފައިސާ ދޫކުރަންޖެހެ އެވެ.

މި ސްކީމަށް ބޭންކުތަކުން ޖަމާކުރާ ފައިސާ މަރުކަޒީ ބޭންކުން އިންވެސްޓްކުރެވޭ ހާލަތްތަކެއްވެސް އެވެ. އެ ހަލާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސެކިއުރިޓީސްގައި އިންވެސްޓް ކުރުމާއި ޑިރެކްޓަރުން ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން އެހެނިހެން އެސެޓް ނުވަތަ އިންވެސްޓްމަންޓްތަކުގައި އިންވެސްޓް ކުރުން ހިމެނެ އެވެ.