ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ސިޓީ ދާއިރާ ނަންތަކަށް ހިޔާލު ހުށައަޅަން ހުޅުވާލައިފި

ސިޓީތަކުގެ އިންތިހާބީ ދާއިރާތަކުގެ ނަންތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ދާއިރާތައް ކަނޑައެޅުމަށްފަހު ސިޓީތަކުގެ އިންތިހާބީ ދާއިރާތަކުގެ ނަންތަކަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ހިޔާލު ހުށައެޅުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ވިހިވިހީގެ އިންތިހާބުގައި މާލެ ސިޓީއަށް 18 ދާއިރާ، އައްޑޫ ސިޓީއަށް 12 ދާއިރާ އަދި ފުވައްމުލައް ސިޓީއަށް ހަ ދާއިރާ ވަނީ ކަނޑައަޅާފަ އެވެ.

މާލެ ސިޓީގެ ދާއިރާތައް

  • ހުޅުމާލެ ދާއިރާ
  • ހެންވޭރު އުތުރު ދާއިރާ
  • ހެންވޭރު ދެކުނު ދައިރާ
  • މެދު ހެންވޭރު ދާއިރާ
  • ހެންވޭރު ހުޅަނގު ދާއިރާ
  • ގަލޮޅު އުތުރު ދާއިރާ
  • ގަލޮޅު ދެކުނު ދާއިރާ
  • ގަލޮޅު މެދު ދާއިރާ
  • ގަލޮޅު ހުޅަނގު ދާއިރާ
  • މައްޗަންގޮޅީ އުތުރު ދާއިރާ
  • މައްޗަންގޮޅީ މެދު ދާއިރާ
  • މައްޗަންގޮޅީ ދެކުނު ދާއިރާ
  • މާފަންނު މެދު ދާއިރާ
  • މާފަންނު އުތުރު ދާއިރާ
  • މާފަންނު ހުޅަނގު ދާއިރާ
  • މާފަންނު ހުޅަނގު، އުތުރު ދާއިރާ
  • މާފަންނު ދެކުނު ދާއިރާ
  • ވިލިމާލެ ދާއިރާ

އައްޑޫ ސިޓީގެ ދާއިރާތައް

  • ހިތަދޫ އޮޑައްސައު ދާއިރާ
  • ހިތަދޫ ކޮރޮވަލު ދާއިރާ
  • ހިތަދޫ ބޭރުމަތި ދާއިރާ
  • ހިތަދޫ މެދުވަލު ދާއިރާ
  • ހިތަދޫ ރަސްގެދަރަ ދާއިރާ
  • ހިތަދޫ މާމެންދޫ ދާއިރާ
  • މަރަދޫ ދާއިރާ
  • މަރަދޫފޭދޫ ދާއިރާ
  • ފޭދޫ އުތުރު ދާއިރާ
  • ފޭދޫ ދެކުނު ދާއިރާ
  • ހުޅުދޫ ދާއިރާ
  • މީދޫ ދާއިރާ

ފުވައްމުލަކު ސިޓީގެ ދާއިރާތައް

  • ފުވައްމުލައް ހުޅަނގު އުތުރު ދާއިރާ
  • ފުވައްމުލައް އިރު އުތުރު ދާއިރާ
  • ފުވައްމުލައް ހުޅަނގު ދެކުނު ދާއިރާ
  • ފުވައްމުލައް މެދު ދެކުނު ދާއިރާ
  • ފުވައްމުލައް އިރު ދެކުނު ދާއިރާ