ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މޭޔަރުންނަށް ގުޅުއްވާ މަރުހަބާ ވިދާޅުވެއްޖެ

ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީތަކުގެ މޭޔަރުންނަށް އިންތިހާބުވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރަައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަަޒީޒް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވި ހަތަރު ސިޓީގެ މޭޔަރުންނަށް ރައީސް ސޯލިހް ރޭ ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވި ކަމަށެވެ.

އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްގީގެ މަޝްރޫއުތައް ހިންގެވުމުގައި ފުރިހަމަ އެެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަަަށެވެ.

އިއްޔެގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަަށް އިންތިހާބުވެވަޑަައިގެންނެވީ އިިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. އައްޑޫ އާއި ފުވައްމުލަކު އަދި ކުޅުދުއްފުށީގެ މޭޔަރު ކަމަށް އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެއީ އައްޑޫގެ މޭޔަރު ކަމަަށް އަލީ ނިޒާރު، ފުވައްމުލަކުގެ މޭޔަރު ކަމަށް އިސްމާއިލް ރަފީގު އަދި ކުޅުދުއްފުށީގެ މޭޔަރު ކަމަަށް މުހައްމަދު އާތިފެވެ.