އެމްޑީޕީ

މާލެ އާއި އައްޑޫން އިތުރު ގޮނޑިތަކެއް ލިބިދާނެ: އެމްޑީޕީ

އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިންގެ ތެރެއިން -- އަވަސް ފޮޓޯ
16.7%
16.7%
66.7%

މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުސަތު އަދި އެބައޮތް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީން ބުނީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު މާލޭގެ 18 ގޮނޑީގެ ތެރެއިން ފަސް ގޮނޑި ކާމިޔާބު ކުރިކަން ކަށަވަރުވެފައިވާއިރު އައްޑޫ ސިޓީގެ 12 ގޮނޑީގެ ތެރެއިން ހަ ގޮނޑި ކާމިޔާބު ކޮށްފައިވާ ކަމަށެވެ.

މާލެއާއި އައްޑޫ ސިޓީ އިން އެމްޑީޕީން ކާމިޔާބު ކުރި ގޮނޑިތަކުގެ އިތުރުން މާލޭގެ އެހެން ފަސް ދާއިރާއެއްގެ ނަތީޖާ ޝީޓާއި އައްޑޫ ސިޓީގެ ހަތަރު ދާއިރާއެއްގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު އެ ދާއިރާތަކުގައި އެންމެ ކުރީގައި ތިބި ކެނޑިޑޭޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެމެދު ހުރި ފަރަގަކީ ސާޅީހަކަށް ވޯޓަށްވުރެ ކުޑަ ފަރަގެއް ކަމަށެވެ.

"...މިދެންނެވި ކޮންމެ ދާއިރާއެއްގައި މިހާތަނަށް އަދި ނުގުނާ 50-60 ވޯޓު ކަރުދާސް ރާއްޖޭގެ އެކި ރަށްރަށުގައާއި ޖަލުތަކުގައި ހުރިކަން ފާހަގަކުރެވޭ. އަދި މިއިން ކޮންމެ ދާއިރާއެއްގައި ބާތިލު ވޯޓުގެ ގޮތުގައި 50-90 ވޯޓުކަރުދާސް ހިމެނިފައިވާކަންވެސް ފާހަގަކުރެވޭ. އެހެންކަމުން މި ޕާޓީން މި ގެންދަނީ އެ ވޯޓުފޮށިތަކުގެ ފުރިހަމަ ނަތީޖާ ދެނެގަތުމުގެ މަސައްކަތް ކުރަމުން. އަދި އިސްވެ ދެންނެވި ކަންކަން އެހެން ހުރުމުން މި ޕާޓީއަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކުގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް މިވާހަކަ އާންމުކޮށް ދެންނެވިން،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގަފޫރު

ޔަގީ ތިއުޅެނީ ހަޑިހާވަން. ނަޝީދައް މަކަރު ނަހަދާ ކެތެއް ނުވާނެ

ޖުހާ

ލިބެން ވީވަރައް ތިހުރީ ގޮނޑި ލިބިފަ. ދެން އިތުރަކައް ނެތް ކަމައްވަނިީ

މަހުދީ

އާނ ލިބިދާނެހުސް ގޮނޑު ގޮނޑިތަކެއް. އެގޮނޑިތަކުގައި ތިބޭނީ އިންސިންނެއް ނޫން އެކަމު

ހަސަންޓޭ

ދެން ލިބޭނީ މަކަރު ހަދާގެން.

ދޮން އަލީ

ގޮނޑި ޖަހައިގެން ހޯދާ

ވަގުންނޭވަގުންނޭ

ސީދާ ރައީސް އިބޫގެ ވެރިކަމުން ކޮވިޑް ބޭނުން ކުރަނީ އެއީ ވައްކަން ކުރާ ޓޫލެއްގެ ގޮތުގައި ރާއްޖޭގައި މަރުވާ ކޮންމެ މީހަކު އެހެވޭ މީހަކު ގެނބިގެން މަރުވިއަސް ކޮވިޑޭ ބުނަނީ އެންމެ ފަހުން ލާމު އަތޮޅުގައި މަރުވި ސިފައިންގެ މީހާ ވެސް މަރުވީ ކޮވިޑަށް ޕޮޒިޓިވް ވެގެންނޭ ބުނީ އެކަމަކު އޭނާ އާއި އެކު ދަތުރު ކުރި އެކަކު ވެސް ކޮވިޑަށް ޕޮޒިޓިވް ނުވޭ މީ ސީދާ ވަރަށް ބޮޑަށް އޮޅުވާލާ މަކަރާއި ހީލަތް ހަދާ ކަމެކޭ ރައީސް އިބޫގެ ވެރިކަމުގައި ކޮވިޑް ކަންކަމަކީ އެއީ ސީދާ ވައްކަމޭ ވައްކަމޭ ވައްކަމޭ...

ޔާސީން

ޕީޕީއެމް އިން ވެސް ކުރަންވީ ކަމަކީ ތަފާތު ހުރި ހުރިހާ ގޮޑިތަކެއް އީސީ ލައްވާ އަލުން ގުނުވުން.... ގޮޑިދުއްވާ އެ އުޅެނީ ޖަލަށް ވަގަށް ފޮށި ވައްދައިގެން ވޯޓުލައްވާ ގޮޑި ވަގަށް ނަގަން ވެގެން. ގޮޑި ދުއްވާ ބޮޑަށް އެ ފުރްސަތު ނުދޭތި!!!!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910