ރައްޔިތުންގެ މަޖިލިސް

ކައުންސިލަރުންގެ މުސާރަ ކަނޑައެޅިގޮތުގެ ތަފްސީލު ހޯދަނީ

ބައެއް ކައުންސިލަރުން: ކައުންސިލަރުންގެ މުސާރަ ކަނޑައެޅިގޮތުގެ ތަފްސީލު ހޯދަން ވަނީ ނިންމާފައި --
0%
0%
100%

ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުގެ ތަފްސީލް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލްވުމުގައި ކޮމެޓީގެ މެންބަރުން ވަނީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުގެ ތަފްސީލް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި އިގްތިސާދީ ގޮތުން ބަލާނަމަ އެއީ ކުރެވިދާނެ ކަމެއްތޯވެސް މެންބަރުން ސުވާލު އުފެއްދިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި ހޮވިވަޑައިގަންނަވާ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވަނީ ނިންމާފައެވެ. އަދި ކައުންސިލަރުންގެ އަދަދު އިތުރުވާނެ ގޮތަށް ގާނޫނަށްވެސް ވަނީ ބަދަލުގެނެސްފައެވެ. އެހެން ކަމުން މީގެ ކުރިން ކައުންސިލް މެންބަރުންނަށް ހޭދަކުރި އަދަދަށްވުރެ ބޮޑު އަދަދެއް ކައުންސިލަރުންގެ މުސާރައަށް ހޭދަކުރަން ޖެހޭނެ އެވެ.

މާލިއްޔަތު ކޮމެޓީގައި މެންބަރުންގެ މަޝްވަރާއަށް ފަހު ޕޭ ކޮމިޝަންގެ މެންބަރުން އެ ކޮމެޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދާ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން ކައުންސިލަރުންނަށް ދޭނެ މުސާރައެއް ސަރުކާރުން ކަނޑައަޅައި މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އޭގެ ފަހުން ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި ދޭނެ އަދަދެއް ފާސް ކުރަނީ މަޖިލީހުންނެވެ.

ކޮންފެރެންސްގައި ރައީސް ހާމަ ކުރެއްވި މައުލޫމާތުގައިވާ ގޮތުން މޭޔަރުންނަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 40،000 ރުފިޔާ އެވެ. ޕިއުޓީ މޭޔަރުންގެ މުސާރައަކީ މަހަކު 35،000 ރުފިޔާ އެވެ. ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައަކީ މަހަކު 30،000 ރުފިޔާ އެވެ.

އަތޮޅު ކައުންސިލްގެ އެކުލެވުމަށް ގެނައި ބަދަލާއެކު މުޅި އަތޮޅުގެ މީހުން ވޯޓު ދީގެން އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސްއަށް ދެނީ 28،000 ރުފިޔާގެ މުސާރައެކެވެ. މީގެ ކުރިން އަތޮޅު ކައުންސިލްގެ ރައީސަށް މުސާރައަށް ލިބެނީ މަހަކު 25،000 ރުފިޔާ އެވެ.

ރަށު ކައުންސިލަރުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެ ގޮތުން، ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ވަނީ 15،000 ރުފިޔާ އިން 23،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ވަނީ 12،000 ރުފިޔާ އިން 15،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އަދި މެންބަރުންގެ މުސާރަ ވަނީ 10،000 ރުފިޔާއިން 12،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ރަށު ކައުންސިލްގެ ރައީސުންނަށް މުސާރަ ވަރަށް ބޮޑަށް އިތުރުކޮށްފައިވާއިރު، މިހާރު ކައުންސިލްތަކުގެ އެކުލެވުން އޮންނަ ގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނަކީ އަތޮޅު ކައުންސިލްތަކުގެ މެންބަރުންނެވެ. އެހެންކަމުން ރަށު ކައުންސިލްތަކުގެ ރައީސުން ރަށު ކައުންސިލާއެކު އެ އަތޮޅެއްގެ ކައުންސިލްގައި ވެސް މަސައްކަތް ކުރާނެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، އިންތިހާބުކުރެވޭ ކައުންސިލަރުންގެ އަދަދު ބޮޑުތަނުން އިތުރުވީ ނަމަވެސް އެއީ ދައުލަތަށް ބުރައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ކޮރޮސްރޯޑް މޯލްޑިވްސްގައި މިދިޔަ ޑިސެންބަރު މަހުގެ 15 ވަަނަ ދުވަހު ކުރިއަށް ގެންދިޔަ "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގައި ބައެއް ކައުންސިލަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުރިން ތިބި ކައުންސިލަރުންގެ އަދަދު އިތުރުކޮށް 3000 ދަށުގެ ކޮންމެ އާބާދީއެއްގައި ފަސް ކައުންސިލަރުން ހިމެނޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވަނީ އެކަމަށް ކުރަންޖެހޭ ހޭދަ ބެލުމަށްފަހު ކަމަށެވެ. އަދި ކައުންސިލަރުންގެ އަދަދު އެ މިންވަރަށް އިތުރުވުމަކީ ބުރައެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަން އަޅުގަނޑުމެން ހިސާބުކޮށްފައި އެއީ އަޅުގަނޑުމެންނަށް އުފުލޭވަރުގެ ކަމެއް ކަމަށްވާތީ. އެކަމަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރަންޖެހެނީ 48 މިލިއަން ރުފިޔާ. އެކަމަކީ އަޅުގަނޑު ހިތުން ލާމަރުކަޒު ކުރެވިގެން ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށް ބޮޑު އަދަދެއް ނޫން." ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި އިންތިހާބުގައި 3000 ދަށުގެ އާބާދީތަކަށް ކޮންމެ ކައުންސިލަކަށް އިންތިހާބުކޮށްފައިވަނީ ތިން ކައުންސިލަރުންނެވެ. ނަމަވެސް މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަަބަބުން ކައުންސިލަރުންގެ އަދަދު ވަނީ ރަށްރަށާއި، އަތޮޅުތަކުގައި އަދި ސިޓީތަކުގައިވެސް އިތުރުވެފައެވެ.

2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު

  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 372
  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 372 (އަންހެން، ފިރިހެން)
  • ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދު 179
  • ރަށު ކައުންސިލްތަކުގެ ޖުމްލަ އަދަދު 923
  • ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 14
  • ސިޓީ ކައުންސިލަރުންގެ އަދަދު 28 (އަންހެން، ފިރިހެން)
  • ސިޓީ ކައުންސިލްގެ މޭޔަރުންގެ އަދަދު 4
  • ސިޓީތަކުގައި ޖުމްލަ ތިބޭނެ އަދަދު 46
6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލުޓޭރުންގެ ސަރުކާރު

މިއަށް ކިޔަނީ ބޮޑުކަމުދާންވީމަ ފާޙާނާތަށިހޯދުން...ކައުންސިލަރުންގެ އަދަދު ކަޑައަޅާ މުސާރައިގެ އަދަދުކަޑައަޅައި ގާނޫނު ތަސްދީގުކޮށްނިންމިއިރު ނުވިސްނުނު ދައުލަތަށް ކަތާނެވަރެއްތޯ ތިމާމެން މިނިންމީ.....ދެލާހި ހަނޑޫ ގޯނީގައޮއްވާ 12މީހުންނަ ކޮއްތުކަޑައެޅީ މީހަކަށް ދެނާޅި...ތިމާމެންގެ ނުކުޅެދުންތެރިކަމާ ކަމެނޭގޭކަން ފޮރުވަން ރަމަންރަމަން ފޯލި ކުޅެނީ. .މަޖުލިސްމެމްވަރުންގެ މުސާރަކަޑައެޅިގޮތެ ބަލަންވީނުން..ދައުލަތަށް އެއްމެއެކަށޭނެ އަދަދެއްތޯ މަޖުލިސް މެމްބަރުންނަދެނީ..ސިޔާސީމީހުންގެ މުސާރަ ކަޑައެޅިގޮތަކާ ސިޔާސީމީހުން މަގާމުތަކަށް ނަގާއަދަދާ ނަގާއުސޫލު ބަލަންވީނުން.މަޖުލިހު ކޮމެޓީ އެލަވަންސް ކަޑާލަންވީނުން..މެޖޯރިޓީއޮތީ ސަރުކާރުގަ.ހުރަސްއަޅާނެ ބައެއްނެތް...ސަރުކާރުގަވެސް މޑޕގަވެސް އިންސާ ފެނެތް ކަންތައްތަ ހައްލުކުމުގަ ބޭނުންވަނީ މީޑިޔާތަކުގަ ހެޑްލައިއެޅުން ރައްޔިތުން ގުނބޯހެއްދެން ތިމާމެން ކަންތައްތަކުރާކަންދެއްކުން..

ކަލް

ސިޓީ ކައުންސެލް މޭޔަރާއި އަތޮޅު ކައުންސެލް ރައީސާހުރީ ކޮންތަފާތެއްތޯ ހަމަ އެކަނި ނަމުގެ ތަފާތު އެހެން ވީމާ އަތޮޅު ކައުންސެލް ރައީސުގެ ބަދަލްގައި އަތޮޅު މޭޔަރު ކިޔަންވީ ނުންތޯ މުސާރައިގެ ތަފާތު ވަރަށްބޮޑު ތިހާބޮޑު މުސާރައިގެ ފަރަޤެއް އެއްބަޔެއްގެ މެދުގައި އޮވެގެންނުވާނެ !

މިއަދު

ދެމެދުގެ ތަފާތު ވވ ބޮޑު މިގޮތަށް ފާސްކޮށް ނުދިނުމަށް އިއްޒަތްތެރި މެމްބަރުންގެ ކިބައިން އެދެން

ލާހި

މަޖިލިސް މެމްބަރުން ބޮޑު މުސާރަ ނަގައިގެން 3 މަހުގެ ޗުއްޓީ އަހަރަކު ނަގައިގެން ދައުރެއް ވެއްޖެއްޔާ މުސާރައިގެ ދެބައިކުޅަ ބައި ޕެންޝަން ނަގައިގެން މީ އަޅެ ކިހިނެއް ވަމުންދާ ކަމެއްތޯ ؟

ިބުއި ބޫ

ޚަރަދު ކުޑަކުރަން އެޅިފިޔަވަޅުން ގުރު ބާން ވާންޖެމިޖެހެނީ ނިކަމެތި ސިވިލް ސަރވެންޓުން ސިޔާސީ ބޭފުޅުންގެ މުސާރަ އަޑުގޮވާފަ ދަނީ ބޮޑުކުރަމުން.

ލލ

ފެއިލް ވަނީ ލޯކަލް ނިޒާމް ފެއިލްވަނީ ލޯކަލް ނިޒާމް ފައިސާ ނެތީ ފައިސާ މަދުވަނީ !

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910