ގަތަރު އެއާވޭސްގެ ރިޒަވޭޝަނާއި ޓިކެޓިންގެ ހިދުމަތް ވިލާ ޓްރެވެލްސް އިން ފަށައިފި އެވެ.
ވިލާ ޓްރެވެލްސް މި ހިދުމަތް ދޭން ފެށީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެނެވެ.
އެ ކުންފުނިން ބުނީ ގަތަރު އެއާވޭސް މަންޒިލްތަކަށް ޓިކެޓް ވިއްކުމުގެ އިތުރުން، އެކި އެކި މުނާސަބަތުތަކާއި ދިމާކޮށް އެ އެއާލައިން އިން ބާއްވާ ހާއްސަ ޕްރޮމޮޝަންތަކުގައި ޓިކެޓް ވިއްކާ އެންމެ ހެޔޮ އަގުގެ ޓިކެޓް ލިބުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ގަތަރު އެއާވޭސްގެ ރިޒަވޭޝަނާއި ޓިކެޓިންގެ ހިދުމަތް ދޭން ފެށީ ގަތަރު އެއާވޭސް އަކީ ރާއްޖެ އާއި ބޭރުގައި ވެސް ވަރަށް މަގުބޫލު އަދި އިތުބާރު ހުރި ހިދުމަތެއް ދެމުން އަންނަ އެއާލައިނަކަށްވާތީ އާއި ޓިކެޓިންގެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް ކަމަށް ވިލާ ޓްރެވެލްސް އިން ބުންޏެވެ.
ވިލާ ޓްރެވެލްސްގެ އެހެން ހިދުމަތްތައް ފަދައިން ގަތަރު އެއާވޭސްގެ ރިޒަވޭޝަން އަދި ޓިކެޓިންގެ ހިދުމަތްވެސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ލިބޭނެ އެވެ.