ޗަމްޕާ މުހައްމަދު މޫސާ

އުއްޗުގެ އުފަންދުވަހުގެ އީދު މީޑިއާގެ ސަމާލު ކަމަށް!

Dec 28, 2019
8

މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަން ދުވަސް ފާހަގަ ކުރަން އާދަވެ ކޮންމެ އަހަރަކު ނ. ހެނބަދޫގައި ބާއްވާ ޕާޓީ އެހެން އަހަރުތަކަށްވުރެ ކުލަ ގަދަކޮށް މި އަހަރު ފާހަގަ ކުރުމުން އެކަން މީޑިއާގެ ސަމާލު ކަމަށް އައިސްފި އެވެ.

އުއްޗުގެ އުފަން ދުވަހަކީ ޑިސެމްބަރު 25 ވަނަ ދުވަހެވެ. މިއަހަރު އުއްޗުގެ ޕާޓީ މީޑިއާގެ ސަމާލު ކަމަށް އާއިރު މި ޕާޓީ ހެނބަދޫގައި ބާއްވާތާ މިއީ ނުވަ ވަނަ އަހަރެވެ.

ހެނބަދޫގައި އުއްޗުގެ އުފަން ދުވަސް ފާހަގަ ކުރަން ހަވައާއެކު އެ ރަށުގައި މި އަހަރު ކުރިޔަށް ގެންގޮސްފައި ވަނީީ ކުޅިވަރު ހަރަކާތްތަކާއި ސްޓޭޖު ޝޯ އާއި ޖާފަތެކެވެ، މި ހަރަކާތްތަކުގައި މާލެ އާއި ނ. އަތޮޅުގެ ރަށްރަށުގެ ފަންނާނުންގެ އިތުރުން ސްރީލަންކާގެ ބޭންޑެއް ވެސް ބައިވެރިވި އެވެ. އުއްޗުގެ އުފަން ދުވަސް ފާހަގަ ކުރަން ހެނބަދޫގައި ފިރިހެނުން ކައްކައިގެން ދޭ ޖާފަތަކާއެކު ބާތުޑޭ ކޭކުފެޅީ ވެސް ހަވަޔާއެކު އެވެ.

މީގެ އިތުރުން ފުޓްބޯޅަ މެޗެއް ވެސް ހެނބަދޫގައި ބޭއްވި އެވެ. އެ މެޗުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި މަޝްހޫރު ވިޔަފާރިވެރިޔާ ކޭޕާކްގެ ވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ވެސް އުއްޗުއާއެކު ކުޅުއްވި އެވެ. ފުޓްބޯޅަ މެޗް ސްޕޮންސާ ކޮށް ދެއްވީ މަންޑޭގެ ކޭޕާކުންނެވެ.

އުއްޗުގެ އުފަންދުވަހުގެ މި ޕާޓީގެ ތެރޭ ޓޫރިޒަމް ރާއްޖޭގެ ޒުވާނުންނަށާއި ފަންނާނުންނަށް ހާއްސަ ކުޅިވަރާއި އިޖުތިމާއީ ފުރުސަތުތައް ހޯއްދަވައި ދެއްވުމަށް އުއްޗު އަރިހުގައި މިނިސްޓަރު އަލީ ވަހީދު އެދި ވަޑައިގެންނެވެމުން އެކަމަށް އެހީތެރިވެ ދެއްވާނެ ކަމަށް އުއްޗު ވިދާޅުވި ކަމަށް ވެއެވެ.

ހެނބަދޫގައި އުއްޗުގެ އުފަން ދުވަސް ފާހަގަ ކުރާއިރު އަބަދުވެސް އުއްޗުގެ އުފަންދުވަހާ ދިމާވާ ގޮތަށް އޭރެއްގައި އޮންނަ ސަރުކާރެއްގައި ހިމެނި ވަޑައިގަންނަވާ ބައެއް ވަޒީރުންނާއި ބައެއް ވިޔަފާރިވެރިންނާއި ބޭރު ގަމުތަކުގެ ބައެއް ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.