ނ. އަތޮޅުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އޮޕަރޭޝަނެއް ފެށުމާ ގުޅިގެން އެ އަތޮޅު ހެނބަދޫގައި ފުލުހަކު ގެންގުޅޭ ސައިކަލެއްގައި ރޯކޮށްލައިފި އެވެ.
ފުލުހުންގެ މި އޮޕަރޭޝަނާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ފުރަތަމަ ގެއްލުން ދީފައިވަނީ ހެނބަދޫގައި ފުލުހަކު ދުއްވާ ސައިކަލަކަށެވެ.
ހެނބަދޫގައި އިތުރު ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
ސައިކަލްގައި ރޯކޮށްލުމާއި މަސްތުވާތަކެތީގެ އޮޕަރޭޝަނާ ގުޅުމެއްވާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
ފުލުހެއްގެ ސައިކަލްގައި ރޯކޮށްލި ނަމަވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކަށް އެއްވެސް ހުއްޓުމެއް ނައިސް ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މި ދެ މައްސަލަ ތަހުގީގު ކުރަމުން ދިޔަ ނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެެވެ.