ސައިންސް

300 މިލިއަން އަހަރުވީ ބޮނޑެއްގެ ފޮސިލް ހޯދައިފި

Dec 29, 2019
3

ތާރީހީ ތަކެތި ހޯދަން އާކިއޮލިޖިސްޓުން ހުއްޓާ ނުލައި ބުރަ މަސައްކަތް ކުރެ އެވެ. އާންމު ގޮތެއްގައި މިފަދަ ތާރީހީ ކަންކަން ހޯދުމުގައި އުޅެނީ ޔުނިވާސިޓީތަކާއި ޖަމާއަތްތަކެވެ. މަދުން ނަމަވެސް އަމިއްލަ ފަރާތަކުން ބޮޑެތި ތާރީހީ ހޯދުންތައް ހޯދަން މަސައްކަތް ކުރެ އެވެ.

މިއަހަރު ނިމެން ދާއިރު މިހާތަނަށް މީގެ ކުރިން ނުހޯދި ހުރި ގިނަ ތާރީހީ ސައިޓުތައް ހޯދައި އެކަމުގެ މައުލޫމާތު ދީފައި ވެއެވެ. އެހެންކަމުން މިއީ އެފަދަ ދިރާސާވެރިންނަށް ވަރަށް ކާމިޔާބު އަހަރެކެވެ.

މިއަހަރު ނިމެންދާއިރު ވެސް ތާރީހީ ދިރާސާވެރިން މިވަނީ މިއަހަރު ފެނުނު އެންމެ ދުވަސްވީ ކަށިތައް ހޯދާފަ އެވެ. ކެނެޑާގެ ޔުނިވާސިޓީއެއް ކަމަށްވާ ކާލެޓަން ޔުނިވާސިޓީގެ ދިރާސާވެރިން އެ ގައުމުން ވަނީ 300 މިލިއަން އަހަރުވެފައިވާ ބޮނޑެއްގެ ކަށިތައް ހޯދާފަ އެވެ. މިއީ މިއަހަރު ހޯދުނު އެންމެ ދުވަސްވީ ހޯދުމެވެ. ދެ ވަނައިގައި އުޅެނީ މިސްރުން ފެނުނު އިންސާނުންގެ ސޫރަ ސިފަކޮށްދޭ ސަންދޯއްތަކެވެ. އެ ސަންދޯއްތަކަކީ މީގެ 100 އަހަރު ކުރީގެ އެއްޗެއްސެވެ.

ތަހުލީލުތަކުން އެގުނު ގޮތުގައި މިއީ ބޮނޑުގެ އާއިލާއެއް ކަމަށްވާ ޕޭލްޒޮއިކް އާއިލާއަށް ނިސްބަތްވާ ބޮނޑެކެވެ. މި ބޮޑު މިހާރު އާންމުކޮށް ފެންނަނީ ދެކުނު އެފްރިކާގެ ގައުމުތަކުގެ ސަހަރާތަކުންނެވެ. އަދި މިއީ ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ބޮނޑެކެވެ. މި ބޮޑަކީ އާންމުކޮށް ހަ ފޫޓަށް ބޮޑުވާ އެއްޗެކެވެ. ހަފޫޓަށް ބޮޑުވާއިރު ޕޭލްޒޮއިކް ބޮނޑު ސިފަވާނީ އިގުވާނާއާކާ އެވެ.

ކެނެޑާއިން ފެނުނު ބޮނޑުގެ ދިގު މިނުގައި ދެ މީޓަރު ހުއްޓެވެ. އަދި ފުޅާ މިނުގައި ދެ ސެންޓިމީޓަރު ހުއްޓެވެ. ތަހުލީހުތަކުން އެގުނު ގޮތުގައި މި ބޮޑު މަރުވެފައި ވަނީ ފިނި މޫސުމުން ރައްކާތެރިވުމުގެ ގޮތުން ގަލެއްގެ ތެރެއަށް ވަދެ އެތަނުން ނުނުކުމެވުމުގެ ސަބަބުންނެވެ. ކަށިތަށް ފެނިފައި ވަނީ ވެސް ދެ ގާ ދޭތެރެއިންނެވެ.