ދުނިޔެ

ރޮހިންޖާ މުސްލިމުންނަށްކުރި އަނިޔާ ކުށްވެރިކޮށް ގަރާރެއް ފާސްކޮށްފި

މިޔަންމާގެ ރާކީން ސްޓޭޓުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގި އުދުވާނީ ހަމަލާތަކަށް ކުށްވެރިކޮށް އދގެ ޖެނެރަލް އެސްމްބްލީން ގަރާރެއް ފާސްކޮށްފި އެވެ.

އެ ގަރާރުގައި ވަނީ މިއަންމާގެ އައުލަބިއްޔަތު ނެތް މުސްލިމުންދާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތަށް ހުއްޓާލުމަށް ގޮވާލާފަ އެވެ. މިއަންމާގެ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތަށް އދއިން ސިފަކޮށްފައިވަނީ ބައިނަލްއަގްވާމީ ބޮޑެތި ކުށްތަކުގެ ގޮތުގަ އެވެ. ގަރާރު ފާސް ކުރުމުގެ ކުރިން އދއިން ބުނެފައިވަނީ މިޔަންމާގެ ހިނގަމުންދާ ކަންކަމަކީ ނަސްލެއް ނައްތާލުމަށް ކުރަމުންދާ ކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ބޮޑު ކުށެއް ކަމަށެވެ.

މި ގާރާރު ފާސްކޮށްފައި ވަނީ އދ އާއްމު މަޖިލީހުގެ އާއްމު މަޖިލީހުގެ 193 މެންބަރުންގެ ތެރރޭން 134 މެންބަރު ގައުމުގެ ތާއީދާ އެކު އެވެ. ގަރާރާ ދެކޮޅު ހަދާފައި ވަނީ ނުވަ ގައުމެކެވެ. އަށާވީސް ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.

މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި 2017 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި އުދުވާންގައި އެތައް ސަތޭކަ ބަޔަކު މަރައި މުސްލިމުންގެ ގެދޮރާއި މުދަލުގައި އަލިފާން ޖަހާފައިވެ އެވެ. މިއަންމާގެ އަސްކަރިއްޔާގެ އަނިޔާވެރިކަން ބޮޑުވުމުން ހަތް ލައްކައެއްހާ މުސްލިމް ރެފިއުޖީން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

މިކަމާ ގުޅިގެން އަމިއްލަ ބައެއް ލޯފާމް ތަކުން ވަނީ މިޔަންމާގެ ސްޓޭޓް ކައުންސިލާ އަންސަން ސޫކީގެ މައްޗަށް ހަނގުރާމަވެރި ކުށް ހިންގުމުގެ ދައުވާ ކޮށްދިނުމަށް އެދި ބައިނަލްއަގްވާމީ ކޯޓަށް ހުށަހަޅާފަ އެވެ. މި މައްސަލައިގެ އަޑު އެހުން މިހާރު ފެށިފައިވާއިރު ސޫކީ ވިދާޅުވެފައިވަނީ މިޔަންމާގައި އެއްވެސް ހިސާބެއްގައި ހަނގުރާމަވެރި ކުށެއް ނުވަތަ ނަސްލަތެއް ނައްތާލުމުގެ އަމަލު ހިންގާފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.