އިނގިރޭސި ރައްޔިތުން މިއަންމާ ދޫކޮށް ދިއުމަށް އިނގިރޭސި ސަރުކާރުން އަންގައިފި އެވެ. އިނގިރޭސިވިލާތުން ބުނީ މަދަނީ ސަރުކާރު ހިސޯރު ކޮށްގެން ތިބި އަސްކަރީ ބާރުތަކުން ގަތުލުއާންމެއް ހިންގަފާނެ ކަމަށް ވިސްނަންޖެހިފައިވާ ކަމަށް އދ. ބުނާ ކަމަށެވެ.
މި އަހަރު ފެބްރުއަރީ އެކެއްގައި އަސްކަރިއްޔާއިން ވެރިކަން ޖަހައިގަތް ފަހުން 70 އަށް ވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ. އަސްކަރީ ވެރިކަމާ ދެކޮޅު ހެދުމަށް މަގުތަކަށް އެއްވާ މީހުންނަށް ސިފައިން އަނިޔާ ކުރަނީ ވަކި ގޮތެއް ނުބަލާ ކަމަށް ވެސް އދ. އިން ބުނެ އެވެ.
އިނގިރޭސިވިލާތުން ބުނީ ސިފައިން އުޅެނީ ގައުމު ކޮންޓްރޯލް ނުވެގެން ކަމަށާއި މި ހާލަތުގައި އަތުޖެހޭ ކޮންމެ މީހަކު ވެސް ހައްޔަރު ކޮށްފާނެ ކަމަށެވެ. އަދި އަސްކަރީ ވެރިކަމާ ދެކޮޅު ހަދާ މީހުންގެ މަދަދުވެރިއެއް ކަމަށް ބަލައި ޖަލަށްލުން ވެސް އެކަށިގެންވާ ކަމަށެވެ.
މިއަންމާގައި ތިބި އިނގިރޭސި ރައްޔިތުންނަށް ރައްދުވާ އިރުޝާދެއް އެ ގައުމުން ނެރެވައި ވަނީ ގުޅުން ހުރި އދ. ގެ ގުނަވަންތަކަށް އިރުޝާދުދޭ ތަޖުރިބާކާރުންގެ ލަފައަށް ބަލާފަ އެވެ. އިނގިރޭސިވިލާތުން އަންގާފައި ވަނީ ނުވެގެން ނޫން ގޮތަކަށް އިނގިރޭސި ރައްޔިތުންގެ އެކަކު ވެސް މިއަންމާގައި މަޑު ނުކުރުމަށެވެ.
މިއަންމާ އަސްކަރިއްޔާއި ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރުމުގައި އދ. ގެ ސަލާމަތީ މަޖިލީހަށް ވެސް ވަނީ ގޮތެއް ނުނިންމިފަ އެވެ. އަނެއް ކޮޅުން. އދ. އިން މިއަންމާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެންވޯއީ ކްރިސްޓީން ޝްރޭނާ ބާގެނާ ވެސް ވަނީ އަވަސް ހައްލަކަށް ގޮވާލައްވާފަ އެވެ.
މިއަންމާގެ ވެރިރަށް ނެޕިޑޯގެ މަގުތަކުގައި ސިފައިން ފޯރިމަރަން ފަށާފައި ވާއިރު މަގުތަކަށް އެއްވާ އާންމުން ރޫޅާލުމަށް ރަަބަރު އުންޑަ އަދި އަސްލު އުންޑަ ވެސް އަންނަނީ ބޭނުން ކުރަމުންނެވެ. ހައިޕްރެޝަރުގައި ފެންޖަހައި މީހުންތައް ފޮޅާލުމުން އެކަށީގެންނުވާ ބޮޑެތި އަނިތާތައް އާންމުންނަށް ވަނީ ލިބިފައެވެ.
އިނގިރޭސިވިލާތުން ނެރެފަައިވާ އިލްތިމާސަކީ ރައްޔިތުން ރައްކާތެރި ކުރުމަށް ދިން ނަސޭހަތެކެވެ. އަދި ބުނެފައި ވަނީ ގޮތެއް ފޮތެއް ނުބަލައި ދޭހަމަލާއެއްގެ ސަބަބުން ކަމާ ގުޅުން ނެތް ބަޔަކަށް ވެސް ބޮޑެތި އަނިޔާ ލިބިދާނެ ކަމަށެވެ.