ކޫއްޑޫ އެއާޕޯޓް

ކޫއްޑޫއަށް ޕްރައިވެޓް ޖެޓް، ބްރަޔަން ލާރާ ގއ. ގައި

Dec 29, 2019
4
ބަރަޔަން ލާރާ އާއި ޖަނާ
41.7%
58.3%
0%

ބޮޑެތި ބޯޓު ފަހަރު ޖެއްސޭ ގޮތަށް ތަރައްގީ ކޮށްފައިވާ ގއ. ކޫއްޑޫ އެއާޕޯޓްގައި ފުރަތަމަ ފަހަރަށް ޕްރައިވެޓް ޖެޓެއް ޖައްްސައި ތާރީހުގެ ތެރެއަށް ހިނގައްޖެ އެވެ.

ވެސްޓް އިންޑީޒްގެ ކުރީގެ މަޝްހޫރު ކްރިކެޓް ތަރި ބްރަޔަން ލާރާއަށް ދައުވަތު ދެއްވައި ރާއްޖެ ގެންނަވާ އޭނާއާއެކު ގއ. އަތޮޅުގައި ޗުއްޓީ ހޭދަ ކުރައްވަމުން ގެންދަވާ ވިޔަފާރިވެރިޔާ އަދި ކޫއްޑޫ އެއާޕޯޓްގެ ސީއީއޯ މުހައްމަދު އަލީ ޖަނާހު (ޖަނާ) މިއަދު ވިދާޅުވީ ބޮޑު ދެ ޕްރޮޖެކްޓްގެ ގޮތުގައި ގއ. އަތޮޅުގައި އޭނާގެ އެޗްއާރްސީގެ އިތުރު ދެ ރިސޯޓްގެ މަސައްކަތް ހިންގަމުން ދަނިކޮށް ކޫއްޑޫ އެއާޕޯޓްގައި ޕްރައިވެޓް ޖެޓް ޖެއްސަން ފެށުމަކީ ލިބި ވަޑައިގެންނެވި ހާއްސަ އުފަލެއް ކަމަށެވެ.

ކުއްޑޫ އެއާޕޯޓްގެ ރަންވޭ 1800 މީޓަރަށް ބޮޑު ކޮށް ހުޅުވި ފަހުން މިއަދު ޕްރައިވެޓް ޖެޓެއް ޖެއްސީ މެންދުރު ފަހު 1:10 ގައެވެ.

ޖަނާ ވިދާޅުވީ އެފަދަ އެހެން ޖެޓްތައް ވެސް ދެން އެ އެއާޕޯޓަށް ޖައްސަމުން ދާނެ ކަމަށާއި ޕްރައިވެޓް ޖެޓްތަކަށް ބޭނުންވާނެ ޕާކިން ފެސިލިޓީޒް މިހާރު ކޫޑޫ އެއާޕޯޓްގައި ފުރިހަމައަށް ގާއިމުކޮށްފައިވާ ކަމަށެވެ.

"މިއަދު ފުރަތަމަ ޖެޓް އެ ޖެއްސީ. އަދި އެހެ އިތުރު ޖެޓްތައް ވެސް ދެން އަންނަން ފަށާނެ. އެފަދަ ޖެޓްކަށް ބޭނުންވާނެ ހުރިހާ ފެސިލިޓީޒެއް މިހާރު ވަނީ ގާއިމްކޮށްފައި، އެހެން ވެސް އެފަސަ ފެސިލިޓީޒްތައް މަތީ ފެންވަރުގައި ގާއިމު ކުރަމުން އެބަ ގެންދަން... މިވަގުތު ވެސް އަޅުގަނޑުގެ ދައުތަކަށް ކުރީގެ ކުރިކެޓާ ބްރަޔަން ލާރާ މި އަތޮޅުގައި އަޅުގަނޑާއެކު އެބަ ޗުއްޓީ ހޭދަ ކުރޭ. އެފަދަ ހައިޕްރޮފައިލް ފަރާތްތަކަށް ބޭނުން ވާނެ ފެސިލިޓީޒްތައް ވެސް މިކޮޅުގައި އެބަ ތަރައްގީ ކުރަން،" ޖަނާ ވިދާޅުވި އެވެ.

މިއަދު ކޫއްޑޫއަށް ޖެއްސި ފުރަތަމަ ޕްރައިވެޓ ޖެޓް

ކޫއްޑޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރުމަށް މަސައްކަތް ފަށާފައިވައިރު އެ އެއާ ޕޯޓަކީ ބޮޑެތި ބޯޓު ފަހަރާއި 17 ސީޓުގެ ޖެޓުތައް ޖެއްސޭ ގޮތަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އަދި ފަސްޓް ކްލާސްގެ ވީއައިޕީ އަދި ސީއައިޕީ ލޮންޖަކައި ދެ އެކޮމޮޑޭޝަން ބްލޮކް ވެސް ކޫއްޑޫ އެއާޕޯޓުގައި ތަރައްގީކޮށްފައި ވެއެވެ. ކޫއްޑޫ އެއާޕޯޓަކީ ކެޓަގަރީ 3 ސީ ގެ އެއާޕޯޓެއްގެ އިތުރުން ދުނިޔޭގައި ރިސޯޓަކާއެކު ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ވެސް މެއެވެ،

ބޮޑެތި ފްލައިޓްތައް ޖެއްސޭ ވަރަށް ކޫއްޑޫ އެއާޕޯޓް ތަރައްގީކުރީ ސިންގަޕޫރުގެ ކިއޮންހޮންގް ކޮންސްޓްރަކްޝަން އާއި ޖަނާގެ ރިސޯޓް އެންޑް ހޮޓެލް ކޮންސްޓްރަކްޝަން ކޮމްޕެނީންނެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކާއްޕެ

ތިޔަ އެއަރޕޯޓުގައި ލަގެޖް ބެލްޓެއް ނެތް.

ދަތުރުވެރިޔާ

ކޫއްޑޫ އެއަރޕޯޓުން ރާއްޖެއިން ބޭރަށް ދެވޭނަމަ ކިތަންމެހާ ވެސް ރަގަޅު

ކެޕުޓަން

އެއާޕޯޓު އޮތީމަ ވީތަ ހެޔޮތަ އެއާޕޯޓައް ދާމީހުން ފައިބާނެ ޖެޓީއެއް ނެތަސް އަދިވެސް ޖެޓުނުޖެއްސިގެން މިއުޅެނީ ރޭގަނޱު ޖެޓީގަނުހުރޭ އަލިކަމެއް

ީިިރެޑެެެ

ޖަނާ ލާރިކޮޅުދީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345