ހަބަރު

ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭ ގޮތް ހަދަނީ

ކައުންސިލްތައް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭ ގޮތް ހަދަން މޯލްޑިވްސް އިމިގްރޭޝަން އިން ހިދުމަތެއް ތައާރަފުކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ހިދުމަތް ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދިނުމަށް "ރަށުން" މި ނަމުގައި ހިދުމަތެއް ތައާރަފްކޮށްފައިވާ ކަމަށެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން ކުރިޔަށް ގެންދާ މި ހިދުމަތް މިހާރު ތ. އަތޮޅުގައި ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެގޮތުން ވޭމަންޑޫ ކައުންސިލް މެދުވެރިކޮށް މިހާރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އެވެ. އަދި ދެ ދުވަަސް ތެރޭގައި ޕާސްޕޯޓު ހައްދައިދޭނެ ކަމަށް ވެސް އިމިގްރޭޝަން އިން ބުންޏެވެ.