އާސެނަލްގެ ކޯޗް ކަމާ އެ ޓީމުގެ ކުރީގެ ކެޕްޓަން މިކަލް އާޓެޓާ ހަވާލު ވެގެން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ޗެލްސީ އަތުން 2-1 ން ބަލި ވެއްޖެ އެވެ.
ލަންޑަންގެ ބޮޑު ދެ ކުލަބުގެ ކުރިމަތިލުމުގައި ފުރަތަމަ ލީޑް ނެގީ އާސެނަލްއިންނެވެ. އެ ޓީމުގެ ލަނޑު 13 ވަނަ މިނެޓްގައި ޕިއާ އެމްރިކް އޮބާމެޔަންގް ކާމިޔާބު ކުރީ މެސްޓް އޮޒިލް ނަގައިދިން ކޯނަރު ކަލްމް ޗެމްބާސް ބޮލުން ފްލިކް ކޮށްލުން އޮބާމެޔަންގް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ޗެލްސީގެ ދެ ލަނޑުވެސް އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު 10 މިނެޓްގެ ތެރޭގަ އެވެ. ފުރަތަމަ ލަނޑު 83 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މޭސަން މައުންޓްގެ ހިލޭ ޖެހުމެއްގައި ތަނަވަސްވި ބޯޅައިން ޖޯޖީނިއޯ އެވެ.
އަރިމަތިން އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން މައުންޓް އޭރިއާ ތެރެއަށް ނަގައިދިނުމުން އާސެނަލްގެ ކީޕަރު ބެރެންޑް ލެނޯ މަސައްކަތް ކުރީ ކުރިއަށް ނުކުމެ އެ ބޯޅަ ޕަންޗުކޮށް ކްލިއާ ކޮށްލުމަށެވެ. އޭނާ ޖަމްޕް ޖަހައި ބޯޅަ ފޮނުވާލަން އުޅުނު ނަމަވެސް އެކަން ކާމިޔާބު ނުވެ ޖޯޖީނިއޯއަށް ބޯޅަ ލިބުނު އިރު އޭނާގެ ކުރިމަތީގައި އޮތީ ހުހަށް އޮތް ގޯލެވެ. އޭނާ ވަނީ އެ ބޯޅަ ހޯލްގެ ތެރެއަށް ވައްދާލަފަ އެވެ.
ޗެލްސީ މެޗުން މޮޅުކޮށްދިން ލަނޑު ޓެމީ އަބްރަހަމް ކާމިޔާބު ކުރީ ވިލިއަން ނަގައިން ބޯޅަ ގޯލްގެ ތިރިތިރިން ގޯލްގެ ތެރެއަށް ފޮނުވާލައި ގެންނެވެ.