ހަބަރު

ރޯގާގެ އާލާސްކަންފުޅެއްގައި މައުމޫން އެޑްމިޓްކޮށްފި

ރޯގާގެ އާލާސްކަންފުޅެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފި އެވެ.

އިއްޔެ 82 ފުރި، އުފަން ދުވަސް ފާހަގަ ކުރެއްވި ރައީސް މައުމޫންގެ ޕާޓީ، އެމްއާރްއެމްގެ މެންބަރު އަބްދުލް އަލީމް އާދަމް ވިދާޅުވީ ރައީސް މައުމޫން ރޯގާގެ އާލާސްކަންފުޅެއްގައި އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ރޯގާ ދިގުލައިގެން ދާތީ މިއަދު އައިޖީއެމްއެޗަށް ވަޑައިގަތުމުން އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު އެޑްމިޓް ކުރީ ޓެސްޓުތަކެއް ހަދަން ޖެހިވަޑައިގަންނަވާތީ ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.

"ރައީސް މައުމޫން އަދިވެސް އޮންނެވީ އައިޖީއެމްއެޗްގައި. ޓެސްޓުތައް ހައްދަން އެޑްމިޓް ކުރީ،" އަލީމް ވިދާޅުވި އެވެ.